އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ހަލިމަގަކަށް އެރި ތުއްތު ބުޅަލެއް ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ތިން އުޅަނދު މުޑިއަރައިފިއެވެ.
"ބުޅާ ސަލާމަތްކުރަން މަސައްކަތްކުރީ އަންހެނަކާއި ފިރިހެނެއް ކާރެއްގައި ދަމުން،" ހަލިމަގު ބަލަހައްޓާ ފުލުސް އޮފިސަރެއް ކަމަށްވާ ހާވިއާ ނަވާރޯ ބުންޏެވެ.
އޭނާ ބުނީ ފިރިހެން މީހާއަށް އެ ބުޅާ ނެގެނު ނަމަވެސް އޭނާގެ އަތުން ދޫވީ ކަމަށެވެ.
"އުޅަނދުތައް ބޮޑު ކިޔޫއަކަށް ހުއްޓި ތިން އުޅަނދު މުޑިއެރި،" ހާވިއާ ބުންޏެވެ.
އޭނާ ބުނީ މި ހާދިސާގައި އެއްވެސް އިންސާނަކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.
އެހެންކަމުން ސުވާލަކީ ބުޅަލަށް ވީ ކިހިނެތް ހެއްޔެވެ؟
"ބުޅަލުގެ ގައިގައި ވެހިކަލަކުން ނުޖެހޭ. އެ ސޮރު ޒަހަމެއް ނުވޭ. އެ ސޮރު އަމިއްލައަށް ހިނގައިލައިފައި ހަލިމަގު ހުރަސްކުރީ،" ހާވިއާ ބުންޏެވެ.
ހަލިމަގުން ދާ ބުޅާ ސަލާމަތްކުރުމަށް ކެލިފޯނިއާގެ ޓްރެފިކް ފުލުހުން ހިތްވަރެއް ނުދެއެވެ.



advertisment