އެމެރިކާގެ މެއިން ސްޓޭޓްގައި 14 މަހުގެ ކުއްޖަކަށް ގަސްދުގައި އަނިޔާކުރިކަމުގެ ކުށް ސާބިތުވުމުން މީހަކު ކަސްތޮޅުގައި ހުއްޓައި ވެސް ކޯޓުން ފިލަން މަސައްކަތްކޮށްފިއެވެ.
އުމުރުން 31 އަހަރުގެ ނިކޮލަސް ކާޓާ ހައްޔަރުކުރެވުނީ ޖޫރީންގެ ދެ މެންބަރަކާއި ޑިޓެކްޓިވެއް އޭނާ ހައްޔަރުކުރަން އެހީވުމުންނެވެ.
މީޑިއާގައި ހާމަކޮށްފައިވާ ވީޑިއޯއަކުން ފެންނަނީ ފިލަންވެގެން ކޯޓު ތެރޭގައި ނިކޮލަސް ދުވަމުންދާ މަންޒަރާއި ކޯޓުން ނުކުމެ ޕާކް ކުރާ ސަރަހައްދަކާ ހިސާބަށް ދާ މަންޒަރެވެ. ދެން ފެންނަނީ އޭނާ ބިންމައްޗަށް ވެއްޓުމުން އޭނާ ހިފަހައްޓައި މަންޒަރެވެ.
ނިކޮލަސްގެ މައްޗަށް ކުށް ސާބިތުވީ ތިން ދުވަހުގެ ޝަރީއަތަކަށް ފަހުއެވެ. އޭނާގެ މައްޗަށް ހުކުމް ވަރަށް އަވަހަށް އިއްވާނެ ކަމަށް ބެލެވެއެވެ.



advertisment