Support Us

ތައިލެންޑްގެ އާ ބޮޑު ވަޒީރު ޕޭޓަންޓަރަން ޝިނަވާ

ތައިލެންޑްގެ އެންމެ ހަގު ބޮޑު ވަޒީރު ހުވާކުރައްވައިފި

ތައިލެންޑްގެ އެންމެ ހަގު ބޮޑު ވަޒީރަށް ޕޭޓަންޓަރަން ޝިނަވާ ވެވަޑައިގެންފިއެވެ. އެ ކަމަނާ މިއަދު ވަނީ މަގާމުގެ ހުވާ ކުރައްވައި އެ ގައުމުގެ ދެވަނަ އަންހެން ބޮޑު ވަޒީރަށް ވެސް ވެވަޑައިގެންފައެވެ.

އުމުރުފުޅުން 37 އަހަރުގެ ޕޭޓަންޓަރަންއަށް އޮތް އެންމެ ސީރިއަސް މައްސަލައަކީ ގައުމުގެ އިގުތިސާދު އަލުން ކޮޅަށްޖެހުން ކަމަށް ސިޔާސީ ތަޖުރިބާކާރުން ވިދާޅުވިއެވެ.

އެ ކަމަނާ މަގާމާ ހަވާލުވެވަޑައިގަތީ ގާނޫނު ހަދާ މަޖިލީހުން އެ ކަމަނާއަށް ވޯޓު ދިންތާ ދެ ދުވަސް ފަހުން ރަސްގެފާނު މަހަ ވަހައިރަލަންކޮންގެ ރުހުން ވެސް ލިބިވަޑައިގެންނެވެ.

ޕޭޓަންޓަރަންއަށް ބޮޑު ވަޒީރުކަން ލިބިވަޑައިގަތީ ވޭތުވެދިޔަ 20 އަހަރު ގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށްލައިފައިވާ ގާނޫނު އަސާސީ މާނަކުރާ ކޮންސްޓިޓިއުޝަނަލް ކޯޓުން ސްރެތާ ތަވީސިން ބޮޑު ވަޒީރުކަމުން ދުރުކުރިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ.

ޕޭޓަންޓަރަންއަށް ރަސްގެފާނު މަހަ ތާއީދުކުރެއްވިކަމުގެ ބަޔާން ޕާލަމަންޓްގައި އިއްވަވައިދެއްވީ ވެރިރަށް ބެންގްކޮކްގައި ބޭއްވި ރަސްމިއްޔާތެއްގައި މަޖިލީހުގެ ސެކްރެޓެރީ އަޕެޓް ސުކެނޭންޑްއެވެ.

ޕާލަމަންޓުން ގާތްގަނޑަކަށް ތިންބައިކުޅަދެބައިގެ އަޣުލަބިއްޔަތު ޕޭޓަންޓަރަންއަށް ލިބިވަޑައިގަތެވެ. އެ ކަމަނާއަކީ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވާގެ ދަރިފުޅެވެ. އަދި ތައިލެންޑްގެ އެންމެ ފުރަތަމަ އަންހެން ބޮޑު ވަޒީރަށް ވެވަޑައިގަތް ޔިންލާކް ޝިނަވާއަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ.

ޕޭޓަންޓަރަންއަކީ ޕެއަ ތައި ޕާޓިގެ ލީޑަރެވެ. ޕާޓީގެ އިސް ފަރާތްތަކާއި އެ ޕާޓީއާ ގުޅިފައިވާ ކޯލިޝަން ޕާޓީތަކުގެ ތާއީދު އެ ކަމަނާއަށް ލިބިވަޑައިގެންފައިވެއެވެ.

"ގައުމުގެ ވެރިޔާގެ ގޮތުން އަޅުގަނޑު ޕާލަމަންޓް މެންބަރުންނާއެކު މަސައްކަތްކުރާނީ ހުޅުވިފައިވާ ހިތަކާއެކު. ހުރިހާ އެންމެންގެ ހިޔާލުތައް ވެސް އަޑުއަހާނަން. ހަރުދަނާކަމާއެކު ގައުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށްޓަކައި،" ހުވާ ކުރެއްވުމަށް ފަހު ދެއްވި ކުރު ބަޔާނެއްގައި ޕޭޓަންޓަރަން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް