Support Us

އީދު ދުވަހު ކަޝްމީރުގައި އިންޑިއާ ސިފައިން ފޯރިމަރަނީ

ކަޝްމީރުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު 10 އަހަރަށް ފަހު ބާއްވަނީ

ކަޝްމީރުގެ ގާނޫނު ހަދާ މަޖިލީހަށް މަންދޫބުން ހޮވުމަށް ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިންތިހާބު ބާއްވަން ހަމަޖައްސައިފިއެވެ.

އިންޑިއާގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ހަމައެކަނި ސްޓޭޓްގައިވާ 90 މެންބަރުންގެ ޕާލަމަންޓަށް ވޯޓު ލާނީ ތިން ބުރަކުންނެވެ. އެއީ އަންނަ މަހުގެ 18 ވަނަ ދުވަހާއި އޮކްޓޫބަރު އެއް ވަނަ ދުވަހާ ދެމެދުއެވެ. ވޯޓު ގުނާނީ އޮކްޓޫބަރު ހަތަރެއްގައެވެ.

ގާތްގަނޑަކަށް ނުވަ މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

އިންތިހާބު މި ބާއްވަނީ ކަޝްމީރުގައި އަމިއްލަ ވެރިކަމެއް އޮތް އޮތުން މައި ސަރުކާރުން ނައްތައިލިތާ ފަސް އަހަރު ފަހުންނެވެ.

"ދިގު މުއްދަތަކަށް ފަހު އިންތިހާބު ބާއްވަން މިހާރު ޖެހިއްޖެ. ޖައްމޫގަ އާއި ކަޝްމީރުގައި އިންތިހާބު ބާއްވާނަން،" ވެރިރަށް ދިއްލީގައި ހުންނަވައިގެން އިލެކްޝަން ކޮމިޝަންގެ ވެރިޔާ ރަޖީވް ކުމާރު މިއަދު ނޫސްވެރިން ގާތުގައި ވިދާޅުވިއެވެ.

މިއީ ކަޝްމީރުގެ ރައްޔިތުން އެ މީހުންގެ މައްޗަށް އަމަރުކުރާނެ ވެރިން ހޮވަން ބާއްވާ އިންތިހާބެއް ކަމަށް ބެލެވެއެވެ.

އިނގިރޭސި ވިލާތުގެ އިސްތިއުމާރީ ބާރުގެ ދަށުން އިންޑިއާގެ ސަބްކޮންޓިނެންޓް މިނިވަންވީ ފަހުން ވޭތުވެދިޔަ 77 އަހަރުގެ ތެރޭގައި ކަޝްމީރުވެފައިވަނީ އިންޑިއާ އާއި ޕާކިސްތާނުން ކޯޅޭ ސަރަހައްދަށެވެ.

ކަޝްމީރު ސަރަހައްދަކީ ތިން ގައުމެއްގެ ބާރު ހިނގާ ތަނެކެވެ. އެއީ ޗައިނާ އާއި ޕާކިސްތާނު އަދި އިންޑިއާއެވެ. އަމިއްލަ މިނިވަންކަމެއް ދީގެން އިންޑިއާއިން ކަޝްމީރު ހިންގައިފައި އެ ކަން ވަނީ 2019 ގައި އަނބުރާ ގެނެސްފައެވެ. އެއީ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ކުރި ކަމެކެވެ.

މުޅި ކަޝްމީރު އެއްކޮށް އިންޑިއާއިން ވެސް އަދި ޕާކިސްތާނުން ވެސް ބޭނުންވެއެވެ. ދެ ގައުމުގެ ދެމެދުގައި ހިނގި ތިން ހަނގުރާމައިގެ ތެރެއިން ދެ ހަނގުރާމަކުރީ ކަޝްމީރު ހިފައިށެވެ.

އިންޑިއާ ސަރުކާރާ ދެކޮޅަށް ކަޝްމީރުގެ ހަތިޔާރުއެޅި ކަޝްމީރު މީހުން ހިންގި ހަމަލާތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. ނަމަވެސް ފަހުގެ ތާރީހުގައި މިފަދަ ކުރިމަތިލުންތައް ހިނގާލެއް މަދެވެ.

ހަނގުރާމަވެރި ފަރާތްތަކަށް ޕާކިސްތާނުން ތާއީދުކުރާ ކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ. ފަހުގެ ތާރީހުގައި ހިންދޫންގެ އަޣުލަބިއްޔަތު އޮންނަ ޖައްމޫ ސަރަހައްދަށް ވަނީ ހަމަލާތައް އަމާޒުވެފައެވެ. ނަމަވެސް ފަހުގެ ތާރީހުގައި މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރު ވާދީއަށް އަމާޒުކޮށްފައިވާ ހަމަލާތައް ވަނީ މަދުވެފައެވެ.

ހަނގުރާމަވެރި ފަރާތްތަކަށް އަސްކަރީ އެހީ ނުދޭ ކަމަށް ޕާކިސްތާނުން ބުނެއެވެ. ޕާކިސްތާނުން ބުނަނީ އެ ގައުމުން ތާއީދުކުރަނީ ކަޝްމީރު ރައްޔިތުން އެ މީހުންގެ ކުރިމަގު ކަނޑައެޅުމުގެ ހައްގަށް ކަމަށެވެ. އަދި މި ތާއީދު ކުރަނީ ޑިޕްލޮމެޓިކް ގޮތުންނާއި ސުލޫކީ ގޮތުން ކަމަށެވެ.

މާޒީގައި އިންތިހާބުތަކަށް ހަނގުރާމަވެރި ފަރާތްތަކުންވަނީ ހަމަލާތައް ދީފައެވެ. މިހެންވެ އެއިރު ވޯޓު ލާން ދާ މީހުންގެ އަދަދު މަދެވެ. ނަމަވެސް އިންޑިއާގެ ގައުމީ ޕާލަމަންޓަށް މެންބަރުން އިންތިހާބުކުރަން މިދިޔަ އެޕްރިލް އަދި މޭ މަހު ބޭއްވި އިންތިހާބުގައި 58 ޕަސެންޓް ކަޝްމީރު މީހުން ވަނީ ވޯޓުލައިފައެވެ. މިއީ ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި އިންޑިއާގެ ޕާލަމަންޓަށް ކަޝްމީރުގެ އެންމެ ގިނަ ރައްޔިތުން ވޯޓު ލި ފަހަރެވެ. މިއީ ޑިމޮކްރެސީއަށް ކަޝްމީރު ރައްޔިތުންގެ ތާއީދު އޮތްކަން ހާމަވާ ކަމެއްކަމަށް މޯދީގެ ސަރުކާރާއި އިލެކްޝަން ކޮމިޝަނުން ބުނެފައިވެއެވެ.

އިންޑިއާ ސަރުކާރާ ދެކޮޅު ފަރާތްތަކުން ބޭނުންވަނީ ކަޝްމީރަށް ފުރިހަމަ މިނިވަންކަން ލިބުން ނުވަތަ ޕާކިސްތާނުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިށެވެ. އިންތިހާބު ބާއްވަން އެ ފަރާތްތަކުން ދެކޮޅުހަދަނީ އިންތިހާބު ބާއްވަން އެއްބަސްވުމަކީ ކަޝްމީރުގެ މައްޗަށް އޮންނަން ޖެހޭނީ އިންޑިއާގެ ބާރު ކަމަށް އެއްބަސްވުން ކަމަށް ބެލެވިދާނެތީއެވެ. މިހެންވެ އެ ފަރާތްތަކުން ބޭނުންވަނީ ކަޝްމީރު ސަރަހައްދުގެ 12 މިލިއަން މީހުންގެ ކުރިމަގު އެ މީހުން އަމިއްލައަށް ކަނޑައަޅަން "ރިފަރެންޑަމް" ވޯޓެއް ބޭއްވުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް