Support Us

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

އިންޑިއާގެ 78 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.

މި ދެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވާފައި ވެއެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން ބިނާވެފައި ވަނީ އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިތުބާރާއި އިޙްތިރާމުގެ މައްޗަށްކަން ފާހަގަކުރައްވައި މިގުޅުން އިތުރަށް ބަދަހިވެ އަދި އުފެދިގެންދިޔަ މި ގާތް ރަހުމަތްތެރި ގުޅުމަކީ ރާއްޖޭގެ ތަރައްޤީއާ ފާގަތިކަމަށް އިތުރު ފަހިކަން ގެނެސްދިން ކަމެއްކަން ވެސް އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި މި މެސެޖުގައި އެމަނިކުފާނު ވަނީ އިންޑިއާގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ޞިއްޙަތަކަށް އެދިވަޑައިގެން، އިންޑިއާގެ ރައްޔިތުންނަށް އިތުރުކުރިއެރުމާއި ފާހަގަތިކަމަށް އެދިވަޑައިގެންފައެވެ.

އިންޑިއާގެ މިނިވަންދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާ މެދުވެރިކުރައްވައި ވެސް މިއަދު ފޮނުއްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *