Support Us

ސައުތުޕޯޓް ޓައުންގައި މިސްކިތެއްގެ ކައިރީގައި އޮތް ފުލުހުންގެ ވޭނެއްގައި އަލިފާން ރޯކޮށްލާފައި

ތިން ކުދިން މަރައިލި ހާދިސާގައި ސައްހަ ނޫން މައުލޫމާތު ފެތުރުމުން ހަމަނުޖެހުންތައް

އިނގިރޭސި ވިލާތުގައި އޮތް ނެށުމުގެ ކްލާހަކަށް އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކު ވަޅިން ހަމަލާ ދީ ކުޑަ ތިން އަންހެން ކުދިން މަރައިލުމާ ގުޅިގެން ސައުތުޕޯޓް ޓައުންގައި ހަމަނުޖެހުން ހިނގައިފިއެވެ. މާސީސައިޑް ސަރަހައްދުގެ ފުލުހުން ބުނީ މިސްކިތެއް ކައިރީގައި ފުލުހުންނާ ދެކޮޅަށް ބަޔަކު ހަމަލާ ދިނީ ކުޑަ ތިން ކުދިން މަރައިލީ އަލީ އަލް-ޝަކާތީ ނަމަކަށް ކިޔާ މުސްލިމް ކުއްޖެއް ކަމަށް ބަޔަކު ދޮގު ހަބަރު ފެތުރުމުން ކަމަށެވެ.

ފިރިހެން ކުއްޖާ ދިން ވަޅީގެ ހަމަލާގައި އިތުރު އަށް ކުދިންނާއި ބޮޑެތި ދެ މީހުން ވަނީ ޒަހަމްވެފައެވެ.

އޭނާއާ ބެހޭ ދޮގު މައުލޫމާތު ސޯޝަލް މީޑިއާގައި ފެތުރުމުގެ ސަބަބުން ހިނގި ހަމަނުޖެހުންތަކުގައި 39 ފުލުހުން ޒަހަމްވިއެވެ. އޭގެ ތެރެއިން 27 ފުލުހުންނަށް ހޮސްޕިޓަލުން ފަރުވާ ދޭންޖެހުނެވެ.

ސައުތުޕޯޓް ޓައުންގައި މިސްކިތް ކައިރީގައި ހަމަނުޖެހުން ހިންގައި ފުލުހުންނާ ދެކޮޅަށް ހަމަލާދެނީ

ހަމަނުޖެހުންތަކުގެ ވީޑިއޯތަކުން ފެންނަނީ ހައްދުފަހަނަޅާފައިވާ ކަނާތުފިޔައިގެ "ޕެޓްރިއޮޓިކް އޮލްޓަނެޓިވް" ގްރޫޕްގެ މެންބަރުން ފުލުހުންނާ ދިމާއަށް ގާ އުކާ މަންޒަރެވެ. މީގެ އިތުރުން މިސްކިތު ކައިރީގައިވާ ފުލުހުންގެ ވޭނެއްގައި ވެސް ވަނީ އަލިފާން ރޯކޮށްލައިފައެވެ.

ފުލުހުން ބުނީ ތިން ކުދިންގެ މަރުގެ ތުހުމަތުގައި ހައްޔަރު ކުރި ފިރިހެން ކުއްޖަކީ ކާޑިފް ސަރަހައްދަށް އުފަން ކުއްޖެއް ކަމަށެވެ. ނަމަވެސް އޭނާއަކީ މިދިޔަ އަހަރު ކުޑަ ބޯޓެއްގައި އިނގިރޭސި ވިލާތަށް ހިޖުރަ ކުރި ކުއްޖެއް ކަމަށް ސޯޝަލް މީޑިއާގައި ދޮގު ހަބަރު ފަތުރައިފައިވާ ކަމަށެވެ.

"އެތައް މިލިއަން ބަޔަކަށް މި ދޮގު ހަބަރުތައް ވަނީ ސޯޝަލް މީޑިއާއިން ފެނިފައި،" މާސީސައިޑް ފުލުހުން ބުންޏެވެ.

ކުށް ކުރާ ކުޑަކުއްޖެއްގެ ޖިނާއީ އިޖުރާއަތުގެ މަރުހަލާތައް ފުރިހަމަ ކުރުމުގެ ކުރިން އެ ފަދަ ކުދިންނަކީ ކޮން ބައެއްކަން އެނގޭނެ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ އިނގިރޭސި ވިލާތުގެ ގާނޫނުގައި ޖިނާއީ ކުށެކެވެ.

"މި ދޮގު މައުލޫމާތު ފެތުރި ބަޔަކު އެކަން ކުރީ ނަސްލީ ތަފާތުކުރުންތައް ބޭނުންކޮށްގެން ހަމަނުޖެހުން ހިންގަން،" ނޫސްވެރިއެއް ކަމަށްވާ ކެތަރިން ޑެންކިންސަން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް