Support Us

"ބޯން ލެސް ޗިކަން" ނުވަތަ ކަށި ނެތް ކުކުޅު މަސްކޮޅެއް

"ބޯންލެސް ޗިކަން"ގައި ކުކުޅު ކަށި ހުރުން މައްސަލައެއް ނެތް: ކޯޓު

"ބޯން ލެސް ޗިކަން"ގެ ގޮތުގައި ރެސްޓޯރަންޓްތަކުން އާއްމު ގޮތެއްގައި އިސްތިހާރުކުރަނީ ކަށި ނަގައިފައިވާ ކުކުޅު މަހެވެ. ނަމަވެސް މި ފަދަ ކުކުޅު މަހުގައި ކަށި ހުއްޓަސް އެންމެ ރަނގަޅު ކަމަށް އެމެރިކާގެ އޮހާޔޯ ސްޓޭޓްގެ އެންމެ މަތީ ކޯޓުން ނިންމައިފިއެވެ.

ވީ ގޮތަކީ ކަށި ނެތް ކަމަށް އިސްތިހާރުކޮށްފައިވާ ކެއުމެއް މީހަކު ގެނައީއެވެ. އަދި އޭނާގެ ކަރުގައި ކަށިކޮޅެއް ތާށިވެ ސީރިއަސް މައްސަލައެއް ދިމާވީއެވެ.

އެ ގޮތުން ތިން ދުވަސްވިއިރު ވެސް މައިކަލް ބާކްހައިމަރގެ ކަރުގައި ތާށިވި ކަށިކޮޅު ނުނެއްޓި އެންމެ ފަހުން ކާބޯތަކެތި ނުދިރި، ހޮސްޕިޓަލެއްގެ އެމަޖެންސީ ރޫމް (އީ.އާރް)އަށް ދާން ޖެހުނީއެވެ.

މައިކަލް ދެން ކުރި ކަމަކީ ރެސްޓޯރަންޓާއި ސަޕްލަޔަރާއި ކުކުޅު ގެންގުޅުނު ކުންފުނި ވެސް ކޯޓަށް ގެންދިޔައީއެވެ. އޭނާ މައްސަލަ ޖެއްސީ ކަށި ނެތް ކުކުޅު މަސް ކަމަށް އިސްތިހާރުކޮށްފައި، ކަށި ހުރި މަސް އިންޒާރު ދިނުމެއް ނެތި އޭނާއަށް ކާން ގެނެސްދިނީމައެވެ. އޭނާވަނީ އެ ތިން ފަރާތުން ވެސް އޭނާއާމެދު އިހުމާލުވީ ކަމަށް ދައުވާކޮށްފައެވެ.

މައިކަލްއާ ދެކޮޅަށް އަޣުލަބިއްޔަތު ވޯޓު ދެއްވީ ހަތަރު ފަނޑިޔާރުންނެވެ. އެ ފަނޑިޔާރުން ވިދާޅުވީ "ބޯން ލެސް ޗިކަން"އަކީ ކެއްކުމުގެ ފާޑެއް ނުވަތަ "ސްޓައިލެއް" ކަމަށެވެ. އަދި މައިކަލްއާ ދެކޮޅަށް ކޭސް ނިންމި އުޒުރެއްގެ ގޮތުގައި ބުނެފައިވަނީ މިސާލަކަށް "ޗިކަން ފިންގަރސް"ގެ ގޮތުގައި އިސްތިހާރުކުރަނީ ކޮންމެހެން ކުކުޅުގެ އިނގިލިތައް ނޫންކަން މިއީ އެންމެން ދަންނަ ކަމެއް ކަމަށެވެ.

"މިހެންވެ ކުކުޅަކީ ކަށި ހުންނަ އެއްޗެއްކަން އެނގޭއިރު ކަށި ނުހުންނާނެ ކަމަށް ބަލައިގެން ނުވާނެ،" ކޯޓުގެ އަޣުލަބިއްޔަތުން ނިންމި ނިންމުމުގައި ބުނެފައިވެއެވެ.

މައިކަލްއާ އެއްކޮޅަށް ވޯޓު ދެއްވި ތިން ފަނޑިޔާރުން ވިދާޅުވީ ކޯޓުން އޭނާއާ ދެކޮޅަށް ނިންމި ނިންމުމަކީ ހަމަޖެހޭ ނިންމުމެއް ނޫން ކަމަށާއި މި ކަހަލަ މައްސަލަތައް ނިންމަންޖެހޭނީ ޖޫރީ ނިޒާމަކުން ކަމަށެވެ.

"މައިންބަފައިން އެ މީހުންގެ ދަރިންނަށް ކަށި ނެތް ކުކުޅު މަސް ކަމަށް އިސްތިހާރުކޮށްފައިވާ ކެއުން ކާން ދޭ އިރު ކަށި ހުންނާނެ ކަމަށް ބަލާނެތޯ؟ 'ބޯން ލެސް' (’ކަށި ނެތް') މި ބަހުގެ މާނައަކީ ކަށި ނެތްކަން ބުއްދިހަމަޖެހޭ އެންމެންވެސް ގަބޫލުކުރާނެ،" މައިކަލްއާ ދެކޮޅަށް ކޭސް ނިންމި ހަތަރު ފަނޑިޔާރުންނަށް ފާޑުވިދާޅުވަމުން މައިކަލްއާ އެއްކޮޅަށް ވޯޓު ދެއްވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު މައިކަލް ޑޮނެލީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް