Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: އަންހެނުންގެ 13 ސިއްރެއް

ރަނގަޅު އަންހެނަކު ލިބިއްޖެ ނަމަ، އޭނާގެ ކިބައިގައިވާ އަންނަނިވި 13 ސިފަ އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ.

  1. އަންހެނަކު ރުޅިއައިސް ހުންނައިރު ބުނާ އެއްޗެހީގެ ތެރެއިން ދެބައިކުޅައެއްބަޔަށްވުރެ ވެސް ގިނަ އެއްޗެއްސަކީ އޭނާ ސީރިއަސްކޮށް ދައްކާ ވާހަކައެއް ނޫނެވެ. އެ ފަދަ ވަގުތުތަކުގައި އެންމެ ރަނގަޅުވާނީ ތިބާ އޭނާގެ ގައިގައި ބައްދާލައި އޭނާއަށް މަޑުމައިތިރިކަން ގެނެސްދެވޭތޯ މަސައްކަތްކޮށްލިއްޔާއެވެ.
  2. އަންހެނަކަށް އެންމެ އުނދަގޫވާނީ އޭނާ ހަގީގަތުގައި ލޯބިވާ މީހާއާ ދުރުގައި ހުންނައިރުއެވެ. އެ ފަދަ ވަގުތުތަކުގައި އަންހެންމީހާއަށް ސްޓްރެސްތަކާ ކުރިމަތިވެދާނެއެވެ.
  3. ފިރިހެނަކަށް އިތުބާރުކުރަން އަންހެންމީހާއަށް ވަގުތު ނަގާނެއެވެ. ނަމަވެސް އިތުބާރުކުރާ ހިސާބުން ދެން އޭނާގެ ހިޔާލު ބަދަލުވާން އުނދަގޫވާނެއެވެ. އެހެނަސް އޭނާ ތިބާއަށްކުރާ އިތުބާރު ތިބާ ގެއްލުވައިލައިފި ނަމަ އޭނާގެ އިތުބާރު އަލުން ހޯދުން ހަނދާން ނައްތައިލައިށެވެ.
  4. އެންހެނުންނަކީ ތިބާ ދަސްވެނިވާން ދެވަނައެއް ނުވާ މަދަރުސާއެކެވެ.
  5. ތިބާ އާއި އޭނާގެ ކައިވެނީގެ ސެޓްފިކެޓަކީ ދުއްވާ އެއްޗެހި ދުއްވަން ހުއްދަ ދޭ ޑްރައިވިން ލައިސަންސެއް ނޫނެވެ. އެއީ ހަމައެކަނި ތިބާއަށް ލިބޭ ދަސްކުރާ މީހެއްގެ ހުއްދަ ނުވަތާ ލަރނަރސް ޕާމިޓެވެ. އެހެންކަމުން އޭނާ ދެކެ ލޯބިވުން ހުއްޓައިނުލައިށެވެ.
  6. އޭނާ މި ވަގުތު ހިތްހަމަނުޖެހިފައި ހުރެދާނެއެވެ. އަދި އިރުކޮޅަކުން ރަނގަޅަށް ހުރެދާނެއެވެ. އޭނާގެ ނަފުސާނީ ދުޅަހެޔޮކަން ބިނާވެފައިވަނީ ތިބާ އޭނާއާމެދު އަމަލުކުރާ ގޮތެއްގެ މައްޗަށެވެ. އެހެންކަމުން އަބަދުވެސް ރަނގަޅަށް އޭނާއާމެދު ކަންތައްކުރާށެވެ.
  7. ކަންތައްތައް ހަނދާން ނައްޓައިލުމަކީ އަންހެނަކަށް އުނދަގޫ ކަމެކެވެ. އެ ހަނދާންތައް އައުމުން އޭނާގައި ވޭން އަޅައެވެ. އެހެންކަމުން އޭނާއަށް ދެރައެއް ނުދޭށެވެ. އޭނާއާ ދިމާއަށް ބަދުބަސްތައް ނުބުނާށެވެ. އަބަދުވެސް ރަނގަޅަށް އޭނާއާމެދު އަމަލުކުރާށެވެ.
  8. އަންހެނުންނަކީ ވަރަށް ސިއްރުވެރި ބައެކެވެ. ފިރިހެނެއްގެ ގާތުގައި އޭނާގެ ޖަޒުބާތުތައް ބޭރުކުރަން ބޭނުންނުވާ ހިނދު އޭނާ ގޮސް ރޯން ފަށާނީ އޭނާގެ ރަހްމަތްތެރިންގެ ގާތުގައެވެ. އެހެންކަމުން ތިބާގެ އެންމެ ގާތް ރަހްމަތްތެރިޔާ ނުވަތަ ބެސްޓް ފްރެންޑަކީ ވެސް ތިބާގެ އަނބިމީހާ ކަމަށް ހަދާށެވެ.
  9. ހުރިހާ އަންހެނުން ކަހަލަ ގޮތަކަށް އެ މީހުންގެ ކިބައިން މީހުން އާދޭސްކުރުމަށް އެދެވެއެވެ. ގިނަ ފިރިހެނުންނަށް މިއީ ނޭނގޭ ކަމެކެވެ. މިހެންވެ ކުޑަކުދިން ގެންގުޅޭހެން އަންހެނުން ގެންގުޅޭށެވެ. މިއީ ބައެއް ފަހަރު އަންހެނުން ބޭނުންވާ ހަމައެކަނި ގޮތެވެ.
  10. އަންހެނުންނަކީ ހާއްސަ ސިފަތަކެއް ހުންނަ ބައެކެވެ. މިސާލަކަށް ބުނާ ނަމަ، އަންހެނުން ލޮނު ފަދައެވެ. ލޮނު ހުރުމަކުން އެ ކަން ފާހަގަ ނުކުރެވިދާނެއެވެ. ނަމަވެސް އެ ނެތުމުން ކާއެއްޗެހީގައި ރަހައެއް ނުލާނެއެވެ.
  11. އޭނާ ތިބާ ދެކެ ލޯބި ވާ ނަމަ ތިބާ އެދޭ ކޮންމެ ކަމެއް އޭނާ ކޮށްދޭނެއެވެ. އެއީ ތިބާ އެންމެ ހިތްހަމަޖެހޭ ހިސާބަށް ގެންގޮސްދިނުމަށެވެ. މިހެންވެ، ތިބާ ދެކެ އޭނާ ގަދަކަމުން ލޯބިކުރުވަން ނޫޅޭށެވެ.
  12. ތިބާ އޭނާއާމެދު އަޅައިލުން ކުޑަ ނަމަ، އޭނާއާ އަޅައިލާ މީހަކު އޭނާ ހޯދާނެއެވެ.
  13. ތިބާ ދެކެ އޭނާ ހަގީގަތުގައި ލޯބި ވާ ނަމަ ތިބާގެ އަތުން ފައިސާ ހޯދަން އޭނާ ލަދުގަންނާނެއެވެ. އެހެންކަމުން އޭނާ ފައިސާއަށް އަހަންދެން ތިބާ މަޑުނުކުރާށެވެ. ހަގީގަތުގައި ތިބާ ބޭކާރު ހަރަދުކުރާކަށް އޭނާ ބޭނުމެއްނުވާނެއެވެ. އަންހެނުން ހާއްސަވަނީ މިހެންވެއެވެ.

ތިބާގެ ހަޔާތަށް ރަނގަޅު އަންހެނަކު ލިބިފައިވާ ނަމަ، އެކަން އަގުކުރާށެވެ. އެ ފަދަ އަންހެނަކީ އަގުބޮޑު ޖަވާހިރެކެވެ. އޭނާއަށް ހިތާމައެއް ލިބޭ ގޮތަށް އަމަލުނުކުރާށެވެ. ސަބަބަކީ އެ ފަދަ އަންހެނަކު ލިބުމަށް އެދޭ ބައިވަރު ފިރިހެނުން އުޅެއެވެ. އެހެނީ ކޮންމެ ފިރިހެނެއްގެ ކާމިޔާބުގެ ފަހަތުގައި ތެދުވެރި އަންހެނަކު ހުންނާތީއެވެ.

ނޯޓު: ތަރުޖަމާއެއް

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. ފިރިހެންމީހާ ކާމިޔާބުވަނީ ކޮންމެހެން އަންހެނަކު އޭނާގެ ފަހަތުގައި ހުރުމުންނޫނެވެ. ފިރިހެންމީހާ ކާމިޔާބުވުމުން އޭނާގެ ފަހަތަށް އަންހެނުންތައް އަރަންބޭނުންވަނީއެވެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *