Support Us

ދެ މަސްވެރިން ތިބި ޑިންގީގެ ފަހަތުކޮޅުގައި ބޮޑުމަސް ޖެހެނީ

ފުންމައިގެން އެރި ބޮޑުމަހެއްގައި ޖެހި ޑިންގީ ބަންޑުންޖަހައިލައިފި

އެމެރިކާގެ ނިއު ހެމްޕްޝަޔާ ސްޓޭޓްގެ އައްސޭރިފަށުގައި ދެ މީހަކު މަސްވެރިކަން ކުރަނިކޮށް ބޮޑުމަހެއް ފުންމައިގެންއެރި ވަގުތު އެ ދެ މީހުން ތިބި ޑިންގީގައި ޖެހި އެ ޑިންގީ ބަންޑުން ޖަހައިލައިފިއެވެ.

ދެ މަސްވެރިން ޑިންގީން ބޭރަށް ވެއްޓުނު ނަމަވެސް ޒަހަމްނުވާ ކަމަށް އެމެރިކާގެ ކޯސްޓް ގާޑުން ބުންޏެވެ.

އަންގާރަ ދުވަހު ހިނގި ހާދިސާއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ދެ މަސްވެރިން ބުނެފައިވަނީ އެ މީހުން ދޮށިއެއްލައިގެން ތިބި ސަރަހައްދުގައި އެ ބޮޑުމަސް އުޅޭ ތަން ފެނުނު ކަމަށާއި އެ މީހުން ތިބީ އެ ކަމަށް ހުށިޔާރުވެގެން ކަމަށެވެ.

"އަހަރެމެން ސަމާލުކަން ދިނީ އެ ބޮޑުމަސް އުޅޭ ހިސާބާ ތަންކޮޅެއް ދުރުގައި ތިބެން،" އެ ތަނުން އެއް މަސްވެރިއެއް ކަމަށްވާ ރަޔަލަންޑް ކެނީ ބުންޏެވެ.

"އެ ސޮރު އަޑިއަށް ދިޔަ ތަން ދުށިން. ދެން މިނެޓްތަކެއް ވަންދެން ނުފެނޭ. އެއަށްފަހު އެ ސޮރު ކުއްލިއަކަށް އެރީ އަހަރެމެންގެ ޑިންގީގެ ފަހަތުކޮޅާ ދިމާލުން،" ރަޔަލެންޑް ބުންޏެވެ.

ކޯސްޓް ގާޑުން ބުނީ 23 ފޫޓުގެ ޑިންގީއެއް ބަންޑުންޖަހައިލި ހަބަރު ލިބުނު ކަމަށާއި ބަންޑުން ޖަހައިލީ ބޮޑުމަހެއް ފުންމައިގެންއެރުމުގެ ސަބަބުން ކަމަށް ރިޕޯޓް ލިބުނު ކަމަށެވެ.

"ދެ މަސްވެރިން ވަނީ ކަނޑަށް ވެއްޓިފައި. އަދި ޑިންގީ ވަނީ ބަންޑުންޖަހައިލައިފައި،" ކޯސްޓް ގާޑުން ބުންޏެވެ.

އެ އިދާރާއިން ބުނީ ދެ މަސްވެރިން ސަލާމަތްކުރީ އެ ވަގުތު އެ ހިސާބުގައި އުޅުނު ދެބެން ކަމަށެވެ.

"ބޮޑުމަސް ފުންމައިގަތް މަންޒަރު އަހަރެމެންނަށް ފެނުނު. އެ ވަގުތު ޔަގީންވި ޑިންގީގައި ޖެހޭނެކަން،" ދެބެން ކުރެ އެކަކު ކަމަށްވާ ވަޔަޓް ޔޭގަރ ބުންޏެވެ.

އޭނާގެ ބޭބެ ކޮލިން ޔޭގަރގެ ފޯނުން އެ މަންޒަރު ވީޑިއޯކުރި ކަމަށް ވަޔަޓް ބުންޏެވެ.

ބޮޑުމަހަށް އެއްވެސް އަނިޔާއެއް ލިބުނު ކަމަށް ނުބެލެވޭ ކަމަށް ކޯސްޓް ގާޑުން ބުންޏެވެ.

ޑިންގީ މިހާރުވަނީ ފުންކޮށްފައެވެ.

މި ހާދިސާގެ މައުލޫމާތުވަނީ ކަމާ ބެހޭ އިދާރާތަކަށް ދީފައެވެ.

އެ ހިސާބުގައި ޑިންގީއެއް އުޅޭ ކަމެއް އެ ބޮޑުމަހަށް އެނގޭހެން ހީނުވާކަމަށް ނިއު ހެމްޕްޝަޔާ ޔުނިވާސިޓީގެ ޝޯލްސް މެރިން ލެބޯޓްރީގެ ސާރާ މޮރިސް ވިދާޅުވިއެވެ.

"ވީޑިއޯ ވަރަށް ރަނގަޅަށް ބެލުމުން ފެންނަނީ އެ ބޮޑުމަހުގެ އަނގަ ހުޅުވައިފައިވާ މަންޒަރު. ހަގީގަތުގެ މަސް ކާންވެގެން އުޅޭ ކަމަށް ފެންނަނީ،" ސާރާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް