އޮސްޓްރޭލިއާގެ ކޯރަކަށް ހިޖުރަކޮށްފައިވާ ކިނބުލެއް މީހުން ބިރުގަންނަވާތީ އެ ސޮރު މަރައިލައި އެ ސޮރުގައި ސުރުވާ ކައްކައިފިއެވެ.
މި އަހަރުގެ ކުރީކޮޅު ބެއިންސް ނަމަކަށް ކިޔާ ކޯރަކަށް މި ކިނބޫ ހިޖުރަކުރީ މި ސޮރު ކުރިން އުޅުނު ސަރަހައްދުގައި ފެންބޮޑުވުމުން ކަމަށް ބެލެވެއެވެ.
ކޯރު ކައިރިއަށްދާ މީހުންނާ ދިމާއަށް ފުންމަފުންމައިގެން މި ކިނބޫ ދެއެވެ. މިހެންވެ، ދިގުމިނުގައި ތިން މީޓަރު ހުރި މި ކިނބޫވަނީ ބަޑިޖަހައި މަރައިލައިފައެވެ.
"ބުއްލާ ކިޔާ މި ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ސަގާފީ ޖާފަތެއް ހެދީ. ބައެއް މީހުންގެ ބަނޑު ފުރުނު،" ފުލުހަކު ބުންޏެވެ.
ފުލުހުން ބުނީ ބެއިންސް ކޯރު ކައިރިއަށް ދިޔަ ކުއްތާތަކަކަށް ހަމަލާ ދީ އެ ކުއްތާތައް ވެސް މި ކިނބޫ ކައިލި ކަމަށެވެ.
"ކިނބޫ ބާބެކިއުކޮށްލާފައި އޭގައި ސުރުވާ ހެދީ،" ފުލުހުންގެ ސާޖަންޓް އެންޑްރޫ މެކްބްރައިޑް ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ ހީނުކުރާ ސަރަހައްދުތަކުން ވެސް ކިނބޫ ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަން ކުރިމަތިވީ މިއަހަރު ކުރީކޮޅު ފެންބޮޑުވުމުގެ ހާދިސާތަކެއް ހިނގުމުން ކަމަށް ބެލެވެއެވެ.
"ފެންބޮޑުވުމުން ކިނބޫތައް އެކި ސަރަހައްދުތަކަށް ހިޖުރަކުރީ،" އެންޑްރޫ ވިދާޅުވިއެވެ.
ފުލުހުންގެ ކޮމާންޑަރު ކައިލީ އެންޑަސަން ވިދާޅުވީ ކިނބުލަކީ އިންސާނުންނަށް ހުރި ނުރައްކަލެއް ކަމަށެވެ.



advertisment