Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ލިބިފައިވާ ރަހުމަތެއްގެ އަގުވަޒަންކުރުމުގެ މުހިންމުކަން

ރޭގެ ވަގުތެކެވެ. އަހަރެންގެ އަނބިމީހާ ނިދަން އޮތީ އަހަރެންގެ ގާތުގައެވެ.

ކުއްލިއަކަށް އަހަރެންނަށް ފޭސްބުކުން ނޮޓިފިކޭޝަނެއް ލިބުނެވެ. އަހަރެންގެ ފޭސްބުކް ރަހްމަތްތެރިންގެ ލިސްޓަށް ލުމަށް އަންހެނަކު އެދުނެވެ. މިހެންވެ އަހަރެން އޭނާ އެޑްކުރީމެވެ.

އޭނާ ފޮނުވި ފްރެންޑް ރިކްއެސްޓް ގަބޫލުކޮށް، އަހަރެން އޭނާއަށް މެސެޖެއް ފޮނުވީމެވެ: "އަހަރެމެން ދެ މީހުން މިއީ އެކަކު އަނެކަކު ދަންނަ ދެ މީހުން ހެއްޔެވެ؟"

އޭނާ ޖަވާބު ދިނެވެ: "ތިބާ ކައިވެނިކުރި ހަބަރު ލިބުނެވެ. އެކަމަކު އަހަރެން ތިބާ ދެކެ ލޯބިވަމެވެ."

އޭނާއަކީ އަހަރެންގެ މާޒީގެ ރަހްމަތްތެރިއެކެވެ.

ފޭސްބުކަށް އޭނާ ލައިފައިވާ ފޮޓޯގައި އޭނާ ވަރަށް ރީއްޗެވެ.

އޭނާއާ ޗެޓުކުރުން އަހަރެން ހުއްޓައިލީމެވެ. އަދި އަހަރެންގެ އަނބިމީހާއާ ދިމާއަށް އަހަރެން ބަލައިލީމެވެ. ވަރަށް ބުރަކޮށް މަސައްކަތްކުރި ދުވަހަކަށް ފަހު އޭނާ އޮތީ އަރާމުކޮށް ނިދައިލައިފައެވެ.

އޭނާއާ ދިމާއަށް ބަލައިލުމުން އަހަރެންގެ ސިކުނޑިއަށް އެތައް ވިސްނުންތަކެއް އައެވެ. މުޅިން އާ ގެއެއްގައި އަހަރެންނާއެކު އެހާ އަރާމުކޮށް ނިދާލުމަށް ރައްކާތެރިކަމުގެ އިހުސާސެއް އޭނާއަށް ކުރެވުނު ކަމާމެދުއެވެ. އޭނާގެ މައިންބަފައިންގެ ގެއާ ދުރުގައެވެ. އެ ގޭގައި ކުރިން އޭނާ އުޅުނީ 24 ގަޑިއިރު އޭނާގެ ވަށައިގެން އޭނާގެ އާއިލާއާއެކުގައެވެ.

ކަމަކާ ފިކުރު ބޮޑުވެ ނުވަތަ ދެރަވެއްޖެ ނަމަ އޭނާ ރޯން އޭނާގެ މަންމަގެ އުނގު އޭނާއަށް ލިބުނެވެ. އޭނާގެ ދައްތަ ނުވަތަ ބޭބެ އޭނާއަށް ޖޯކު ކިޔައިދީ އޭނާ ހެއްވައިލައިދިނެވެ. އޭނާގެ ބައްޕަ ގެއަށް އަންނަމުން އޭނާ ބޭނުންވާހާ އެއްޗެއް ގެނެސްދެއެވެ. އެކަމަކު ވެސް އޭނާ އަހަރެންނަށް ވަރަށް އިތުބާރުކުރެއެވެ.

މި ހުރިހާ ވިސްނުންތަކެއް އަހަރެންގެ ސިކުނޑިއަށް އައެވެ. މިހެންވެ އަހަރެން ފޯނު ނަގައިފައި މާޒީގެ ރަހްމަތްތެރިޔާ "ބްލޮކް"ކޮށް، އަހަރެންގެ ފޭސްބުކުން އޭނާ ބޭރުކޮށްލީމެވެ.

އަހަރެން ދެން އަހަރެންގެ އަނބިމީހާގެ ގާތުގައި އޮށޯވެ އޭނާއާ ޖެހިގެން އޮވެ ނިދީމެވެ.

އަހަރެންނަކީ މިހާރު ބޮޑު ފިރިހެނެކެވެ. ކުޑަކުއްޖެއް ނޫނެވެ. އަހަރެންވަނީ އަހަރެންގެ އަނބިމީހާއަށް ވަފާތެރިވުމަށް ވައުދުވެފައެވެ. އެކަން އަހަރެން ކުރާނަމެވެ. އަނބިމީހާއަށް ބޭވަފާތެރިވެ، އާއިލާ ރޫޅައިލާ ފިރިހެނަކަށްވުމާ ދެކޮޅަށް އަހަރެން އަބަދުގެ އަބަދަށް ހަނގުރާމަކުރާނަމެވެ.

ނޯޓް: ތަރުޖަމާއެއް