ފަޓުލޫނު ތެރެއަށް ލައިގެން 100 އަށްވުރެ ގިނަ ހަރުފަ ޗައިނާއަށް އެތެރެކުރަން އުޅެނިކޮށް މީހަކު ހިފަހައްޓައިފިއެވެ.
ނަން ހާމަނުކުރާ މި މީހާ ބުރާސްފަތި ދުވަހު ހައްޔަރުކުރީ ހޮންގްކޮންގުން ޗައިނާގެ ޝެންޒެން ސިޓީއަށް ވަންނަން އުޅެނިކޮށެވެ.
"އޭނާގެ ޖީބުން ހަ ކޮތަޅުގެ ދިރޭ ހަރުފަ ފެނިފައިވޭ،" ޗައިނާގެ ކަސްޓްމްސްއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ އިދާރާއިން ބުނީ އެކި ސައިޒާއި ކުލައިގެ ހަރުފަ ފެނިފައިވާ ކަމަށެވެ.
"މިއީ ޗައިނާގައި އުޅޭ ބާވަތުގެ ހަރުފަތަކެއް ނޫން،" ޗައިނާގެ ކަސްޓަމްސްގެ ބަޔާނުގައި ބުންޏެވެ.
އަތުލައިގަތީ 104 ހަރުފަ ކަމަށްވެއެވެ. އޭގެ ތެރޭގައި "މިލްކް ސްނޭކް" އަދި "ކޯން ސްނޭކް" ބާވަތުގެ ހަރުފަ ވެސް ހިމެނޭ ކަމަށް ޗައިނާގެ ކަސްޓަމްސްއިން ބުންޏެވެ.



advertisment