Support Us

ގެދޮރު ނެތިފައިވާ ފަލަސްތީނު އާއިލާތަކެއް ޣައްޒާގެ ނުސައިރާގައި

ޣައްޒާގެ 70،000 މީހުންނަށް ހެޕަޓައިޓިސް ޖެހިއްޖެ

ފަލަސްތީނުގެ ޣައްޒާގެ 71،338 ރައްޔިތުންނަށް ހެޕަޓައިޓިސް ޖެހިފައވާ ކަމަށް އެ ތަނުގެ މީޑިއާއާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

ހެޕަޓައިޓިސްއަކީ މެއަށް ޖެހޭ ބައްޔެކެވެ. މިއީ ފުރާނައަށް ނުރައްކާކުރާ ބައްޔެއް ނަމަވެސް ކުރީބައިގައި ފަރުވާ ކުރެވޭ ބައްޔެކެވެ. އަދި މި ބަލީގެ ބައެއް ބާވަތްތަކަކީ ގައިންގަޔަށް އަރާ ބާވަތްތަކެކެވެ.

"ހެޕަޓައިޓިސް ޖެހެން ދިމާވި ސަބަބަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އާއި އިސްރާއީލުން ފެށި ހަނގުރާމައިގައި އެތައް ހާސް ބައެއްގެ ގެދޮރު ނެތިގެންދިޔުން،" ޣައްޒާގެ މީޑިއާ އޮފީހުން ބުންޏެވެ.

މި ކަމުގެ ސަބަބުން ފަލަސްތީނުގެ 1.7 މިލިއަން މީހުންނަށް ގައިންގަޔަށް އަރާ އެކި ބާވަތްތަކުގެ ބަލި ޖެހިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެ ތަނުން ބުނީ ޣައްޒާއަށް ސިއްހީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސްއަޅައިފައިވާތީ ޣައްޒާގެ 350،000 މީހުންނަށް ސީރިއަސް އެތައް ބަލިތަކެއް ޖެހިފައިވާ ކަމަށެވެ.

އިސްރާއީލުގެ ސަލާމަތީ އޮފިޝަލެއް ބުނީ ދެ ހަފުތާ ތެރޭގައި ހަނގުރާމަ ހުއްޓާލާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"ހުރިހާ ވެސް މައްސަލައަކީ ސުލްހައިގެ ވާހަކަތަކަށް ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ހުރަސްއެޅުން،" އިސްރާއީލު ޗެނަލް 12 އަށް އެ އޮފިޝަލް ބުންޏެވެ.

އޭނާ ބުނީ ހަމާސްއިން ރަހީނު ކޮށްފައިވާ 250 އެއްހާ ޔަހޫދީން ދޫކޮށްލުމަށް އެއްބަސްވާ "ސީޒްފަޔާ" ނުވަތަ ހަނގުރާމަ ހުއްޓާލާ މުއާހަދާއާ ނަތަންޔާހޫ ދެކޮޅު ކަމަށެވެ. އެ ގޮތުން ހަމާސްއިން އެއްވެސް ޝަރުތެއް ހުށަހެޅުމަށް ނަތަންޔާހޫ ނޭދޭ ކަމަށެވެ.

"މިހެންވެ ފަހަރުގައި މި މުއާހަދާއަށް އެއްބަސްވުން އެތައް ހަފުތާއަކަށް ދިގުދެމިގެން ހިނގައިދާނެ. އަދި މި މުއާހަދާއަށް އެއްގޮތަކަށް އަމަލު ނުކުރުން ވެސް އެކަށީގެންވޭ،" އޮފިޝަލް ބުންޏެވެ.

ނަމަވެސް ނަން ހާމަ ނުކުރާ މި އޮފިޝަލްގެ ވާހަކަތައް ނަތަންޔާހޫގެ އޮފީހުން ދޮގުކުރިއެވެ.

"މިއީ ދޮގު ވާހަކައެއް. ހުރިހާ ވެސް މައްސަލައަކީ ހަމާސްއިން އަބަދުވެސް މުއާހަދާގެ މާއްދާތައް ބަދަލުކުރަމުންދާތީ،" ނަތަންޔާހޫގެ އޮފީހުން ބުންޏެވެ.

އިސްރާއީލު މީޑިއާއިން އިއްޔެ ރިޕޯޓް ކުރި ގޮތުގައި ހަމާސް އެއްކޮށް ނައްތައިލުމަށް ހަނގުރާ ކުރިއަށްގެންދަން ނަތަންޔާހޫ ބޭނުންވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް