އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް އޮޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީއަށް ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ނަމުން މުހާތަބު ކުރެއްވިއްޖެއެވެ.
ނޭޓޯއިން ބުރާސްފަތި ދުވަހު ބޭއްވި ސަމިޓުގައި ބައިޑަން އަދި ޒެލެންސްކީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ބައިޑަން ވާހަކަ ދެއްކެވުމަށް ފަހު ޒެލެންސްކީ ޕޯޑިއަމަށް ވަޑައިގަތުމަށް ދަންނަވަމުން ބައިޑަންއަށް ޒެލެންސްކީ ތައާރަފު ކޮށްދެވުނީ "ރައީސް ޕުޓިން"ގެ ނަމުންނެވެ.
މި ގޮތަށް ދިމާވުމާއެކު ބައިޑަން ވަނީ އަވަހަށް އެ ކުށް ރަނގަޅު ކުރައްވައިފައެވެ.
"ޕުޓިން ބަލިކުރަން އަހަރެންނަށް މާބޮޑަށް ސަމާލުކަން ދެވެނީ،" ބައިޑަން ވިދާޅުވިއެވެ.
ރަޝިއާއިން އަދިވެސް ދަނީ ޔޫކްރެއިން ހިފުމަށް ހަނގުރާމަ ކުރަމުންނެވެ.



advertisment