Support Us

އިނގިރޭސި ވިލާތުގެ އާއްމު އިންތިހާބު ލޭބަރ ޕާޓީއަށް

އިނގިރޭސި ވިލާތުގެ އާއްމު އިންތިހާބު ލޭބަރ ޕާޓީން މިއަދު ކާމިޔާބުކޮށްފިއެވެ. މިއީ ވޭތުވެދިޔަ 14 އަހަރު ކޮންޒަވެޓިވް ޕާޓީން ވެރިކަން ކުރުމަށް ފަހު ލޭބަރއަށް ބާރު ފުރޮޅައިލި ފުރަތަމަ ފަހަރެވެ.

ބައެއް ގޮނޑިތައް އަދި މިއަދު ނުގުނާ ހުރި ނަމަވެސް މިހާރު ގުނާފައިވާ ވޯޓުތަކުން ލޭބަރއަށް ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ހައުސް އޮފް ކޮމަންސްއިން 326 ގޮނޑި ކާމިޔާބުކޮށްފައިވެއެވެ. މިހެންވެ މިއަދުގެ ވަގުތެއްގައި ލޭބަރގެ ވެރިޔާ ކެއަރ ސްޓާމަރ އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ކަމާ ހަވާލުވެ ވަޑައިގަންނަވާނެއެވެ.

އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގަތް ބޮޑު ވަޒީރު އަދި ކޮންޒަވެޓިވް ޕާޓީގެ ވެރިޔާ ރިޝީ ސުނަކް މިހާރު ވަނީ ބަލި ގަބޫލުކުރައްވައިފައެވެ.

"އަހަރެންނަށް މައާފު ކުރޭ،" އިނގިރޭސި ރައްޔިތުންނާ މުހާތަބު ކުރައްވަމުން ރިޝީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކެއަރއަށް ގުޅުއްވައި މަރުހަބާ ވިދާޅުވި ކަމަށެވެ.

މީގެ ފަސް އަހަރު ކުރިން ކޮންޒަވެޓިވް ޕާޓީއަށް ލިބުނު އާދަޔާ ހިލާފު ބޮޑު ކާމިޔާބަށް ފަހު މިއަދު ނުކުތް ނަތީޖާ ވެގެންދިޔައީ ގިނަ ބަޔަކަށް ވިސްނައިލަން ނޭނގޭހާ ވެސް ހައިރާންކަމެއް ލިބުނު ނަތީޖާއަކަށެވެ.

މިހާރު ނުގުނާ ހުރި ގޮނޑިތަކުން ނަތީޖާ ބަދަލު ނުވާނެ ކަމަށް ބެލެވެއެވެ. އަދި މިހެންވެ މިއަދުގެ ވަގުތެއްގައި ބޮޑު ވަޒީރުކަމާ ހަވާލު ވެވަޑައިގަތުމަށް ކެއަރ އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއްގެ އަރިހަށް ވަޑައިގަންނަވާނެއެވެ.

"ގާނޫނާ އެއްގޮތަށް ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުވެގެންދާނީ،" ރިޝީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިނގިރޭސި ރައްޔިތުން ދިން މި މެސެޖަކީ ފުންކޮށް ވިސްނައިލަން ޖެހޭ ސީރިއަސް ފިލާވަޅެއް ކަމަށެވެ.

"ކޮންޒަވެޓިވް ޕާޓީއަށް ލިބުނު ގެއްލުމުގެ ޒިންމާ އަހަރެން ނަގަން،" ރިޝީ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *