Support Us

ކުތުބުހާނާއަށް ފޮތް ގެނެސްދިނީ 84 އަހަރު ފަހުން

ކުތުބުހާނާއިން ފޮތް ގެންދިއުމުގައި ވަކި މުއްދަތެއް ކަނޑައަޅައިފައިވެއެވެ. މިސާލަކަށް ދެ ހަފުތާއެވެ.

ނަމަވެސް ފިންލެންޑްގެ ލައިބްރަރީއަކުން ފޮތެއް ގެންދިޔަ މީހަކު އެ ފޮތް އަނބުރާ ގެންނަން ނެގީ އެއް އަހަރެއް ދެ އަހަރެއް ނޫނެވެ. ބަރާބަރު 84 އަހަރެވެ!

ވެރިރަށް ހެލްސިންކީގައި ހުރި ކުތުބުހާނާއަކުން ގެންދިޔަ ފޮތް ކަމަށްވާ މަޝްހޫރު ލިޔުންތެރިޔާ އާތާ ކޮނަން ޑޮއިލް ލިޔެފައިވާ ފޮތް "ރެފިއުޖީސް" އަނބުރާ ގެންނަން އޮތް ތާރީހަކީ 26 ޑިސެމްބަރު 1939 އެވެ. ނަމަވެސް އެ ފޮތް އަނބުރާ ނުގެނެވެސްދެވުނު އެކަށީގެންވާ ސަބަބެއް އޮތެވެ. އެއީ ދެވަނަ ބޮޑު ހަނގުރާމަ ފަށައި ރަޝިޔާއިން ފިންލެންޑް ހިފުމުންނެވެ.

"އެ ކަހަލަ ބޮޑު ކަމެއް މެދުވެރިވުމުން ގެންދިޔަ ފޮތެއް އަނބުރާ ގެނެސްދިނުމުގެ މައްސަލައެއް ނޫންކަންނޭނގެ އެ ފޮތް ގެންދިޔަ މީހާގެ ސިކުނޑީގައިވާނީކީއެއް،" ލައިބްރޭރިއަން ހައިނީ ސްޓްރޭންޑް ބުންޏެވެ.

އޭނާ ބުނީ ގިނަ މީހުންނަކީ ކަންތައްތައް ރަނގަޅަށް ކުރަން ބޭނުންވާ ބައެއް ކަމަށާއި އެއީ ރަނގަޅު ކަމެއް ކަމަށެވެ.

"ފޮތް އޮތީ ހަލާކުނުވެ ވަރަށް ރަނގަޅު ފެންވަރެއްގައި. އެހެންކަމުން އަލުން ދޫކުރަން ފަށަން ނިންމީ،" ހައިނީ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *