Support Us

ކުވޭތުގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް

ކުވޭތުގެ އަމީރު އައްޝައިޚް ނަވާފް އަލްއަޙްމަދު އަލްޖާބިރު އައްޞަބާޙް މިއަދު އަވަހާރަވުމުގެ ހިތާމައިގައި، މާދަމާއިން ފެށިގެން އަންނަ އަންގާރަ ނިޔަލަށް، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

މި ކަން އިޢުލާންކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައެވެ.

ޢުމުރުފުޅުން 86 އަހަރުފުޅުގައި ކުވައިތުގެ އަމީރު ޝައިޚު ނައްވާފުލް އަވަހާރަވީ އާލާސްކަންފުޅެއްގައި ހުސްވި ނޮވެންބަރުމަހުގެ ފަހުކޮޅުން ފެށިގެން ހަސްފަތާލުގައި އޮންނަވަނިކޮށެވެ.

އައްޝައިޚު ނައްވާފު ކުވައިތުގެ ވަލީ ޢަހްދު ކަމަށް އިސްކުރީ 2006 ގައެވެ. އޭނާ އަމީރު ކަމަށް އިސްކުރީ 2020ގައި އޭނާގެ އެއްބަފައި ބޭބޭފުޅު އަމީރު ޞަބާޙުލްއަޙްމަދު 91 އަހަރުފުޅުގައި އަވަހާރަވުމުންނެވެ.

ޝައިޚު ނައްވާފު ދުނިޔެއަށް ވަޑައިގަތީ 1937 ގައެވެ. އޭނާއަކީ އައްޝައިޚު އަޙްމަދުލް ޖާބިރުގެ ފަސްވަނަ ދަރިކަލުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *