ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފުގެ ރޭންކު ލެފްޓިނެންޓް ޖެނެރަލްގެ ރޭންކަށް މިއަދު މަތިކުރައްވައިފިއެވެ.
މި މަގާމުގެ ކުރިއެރުމާއެކު ޢަބްދުއްރަޙީމް ވެގެން އ ެދިޔައީ މިއީ ދިވެހި އަސްކަރީ ތާރީޚުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކު ލިބިވަޑައިގެންނެވި ތިން ވަނަ އޮފިސަރަށެވެ. މީގެ ކުރިން އެ ރޭންކު ލިބިވަޑައިގެންފައި ވަނީ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުﷲ ޝަމާލަށާއި ރައީސް މައުމޫންގެ ޑިފެންސް މިނިސްޓަރުގެ ނައިބު އަންބަރީ އަބްދުއްސައްތާރަށެވެ.
ބަންޑާރަކޮށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމްއެންޑީއެފްގެ އެންމެ އިސް އޮފިސަރަށް މަޤާމުގެ ރޭންކް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މަޤާމުގެ ލިޔުން ޙަވާލުކޮށްދެއްވީ ދިފާޢީ ވަޒީރު ގައްސާނު މައުމޫނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި ޢަބްދުއްރަޙީމް، ބްރިގޭޑިއަރ ޖެނެރަލްގެ މަގާމުން، މޭޖަރ ޖެނެރަލްގެ ރޭންކަށް މަތިކުރެއްވީ މީގެ ފަސް މަސް ކުރިން، 25 ޖުލައިގައި ރައީސް ސޯލިހެވެ. އެހެންކަމުން މިއީ ޢަބްދުއްރަޙީމަށް މި އަހަރު ތެރޭގައި މަގާމުގެ ކުރިއެރުން ލިބިވަޑިގެންނެވި ދެވަނަ ފަހަރެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢަބްދުއްރަޙީމް އައްޔަންކުރެއްވީ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ހުސްވި ނޮވެމްބަރު 17ގައެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް ޢަބްދުއްރަޙީމް އައްޔަންކުރެއްވުމުން، ވައިސް ޗީފްގެ މަގާމުގައި މިވަގުތު ބޭފުޅަކު ނެތެވެ.
His Excellency, the President and Commander-in-Chief of @MNDF_Official, has promoted @CDFofMNDF to the rank of Lieutenant General. pic.twitter.com/QxVunoJAbk
— Maldives National Defence Force (@MNDF_Official) December 11, 2023



advertisment