އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސް.ޑީ.ބީ)ގެ ރައީސް ޑޮކްޓަރ މުޙައްމަދު އަލް ޖާސިރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައި މިހާރު ކުރިއަށްދާ ކޮޕް28 ވަނަ ސެޝަންގެ ހަވާސާގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއެރުވުމާއި، ޒަކާތު ހައުސް ބިނާކުރުމާއި، ވަޤުފް ޕްރޮގްރާމެއް ހިންގުމާއި، މައިކްރޯފައިނޭންސް ބޭންކެއް ޤާއިމު ކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އައިއެސް.ޑީ.ބީގެ ރައީސްގެ މި ބައްދަލު ކުރެއްވުމުގައި، ދިވެހިރާއްޖެއާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭ ގޮތުންވެސް ދެ ބޭފުޅުން ޚިޔާލު ބަދަލު ކުރެއްވިއެވެ.



advertisment