ދުބާއީގެ ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތީ ކޮޕް28 ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެ މަނިކުފާނު މިހާރު ދުބާއީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ދެހާސް އަށް ވަނަ އަހަރު ޤާއިމުކުރި ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑަކީ ދުނިޔެއަށް ކުރިމަތިވަމުންދާ އެކިއެކި މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގެ ގޮތުން އިޖާދީ އުފެއްދުންތައް އުފައްދާ ފަރާތްތައް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށް، އެ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ހިތްވަރުދީ، އިތުރަށް ބާރުވެރިކުރުވުމުގެ ގޮތުން ދޭ އެވޯޑެކެވެ. މި އެވޯޑަކީ ތިމާވެށީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލު ހޯދުމުގެ ދާއިރާއިން ޔޫ.އޭ.އީ އިން ދޭ ޝަރަފުވެރި ބައިނަލްއަޤްވާމީ އެވޯޑެކެވެ. މި އެވޯޑް ނިސްބަތްކުރެވެނީ އެ ޤައުމުގެ ބާނީ އަލްމަރްޙޫމް ޝައިޚް ޒައިދު ބިން ސުލްޠާން އަލް ނަޙްޔާންގެ ޚިދުމަތްތަކަށެވެ.



advertisment