ސަރުކާރުގެ ވުޒާރާތަކުގެ މިނިސްޓަރުންގެ ނައިބުގެ މަގާމަށް އިތުރު 17 ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަނުކުރައްވައިފިއެވެ. މިއާއެކު މި ސަރުކާރުގެ މިނިސްޓަރުންގެ ނައިބުންގެ އަދަދު 61 އަށް އެރީއެވެ.
މިނިސްޓަރުންގެ ނައިބުންގެ މަގާމަށް މީގެ ކުރިން ވަނީ 46 ބޭފުޅަކު އައްޔަންކުރައްވައިފަ އެވެ. އަދި އޭގެ ތެރެއިން ދެ ބޭފުޅަކު ވަނީ އައްޔަން ކުރެއްވިތާ ތިން ދުވަސްތެރޭގައި މަގާމުން ވަކިކުރައްވައިފައެވެ.
މިއަދު ޢައްޔަނުކުރެއްވި ބޭފުޅުންނަކީ؛
- މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބު- އިބްރާހީމް ޝާޒް ޙަބީބު، ހ. ޖާވާ
- މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ނައިބު- އަމާނީ މުޙައްމަދު، މަތިމަރަދޫ، ރޯޒީސައިޑް، ލ.ގަން
- މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު- އާމިނަތު ނާޡިމާ، ހ. ފައިންޕާކް
- މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު- އާމިނަތު މާރިޔާ، މ. ހަވާއީ
- މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ނައިބު- ޝަޖާޙު ފިރާޤު، ސައުދީމަންޒިލް، ހއ. ބާރަށް
- މިނިސްޓަރ އޮފް ހެލްތުގެ ނައިބު- ޢަލީ ނާޞިރު، ހަވާސާ، ލ. މާބައިދޫ
- މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު- ނާޝިމާ ޢަބްދުއްލަޠީފް، މ. ލައިޓުޝެޑޯ
- މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު- އިބްރާހީމް ސުޢޫދު، ބޮޑުކެކުރިމާގެ، ހއ. ބާރަށް
- މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު- އަޝްހަދު ސަޢީދު، އަނބުގަސްދޮށުގެ، ގއ. ދެއްވަދޫ
- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު- ޙަޞްމާ ޙަސަންމަނިކު، ދެރަހަ، ގދ. ހޯނޑެއްދޫ
- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު- އާމިނަތު ނަމްޒާ، މ. ހަނީކޯމްބް
- މިނިސްޓަރ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ނައިބު- އާމިނަތު އިސްމާޢީލް، މ. ޗާލޮޓް
- މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ނައިބު- އަޒުހަރު ޢަބްދުﷲ ސަޢީދު، ސީނާޒް، ގދ. މަޑަވެލި
- މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނައިބު- އިބްރާހީމް ޔާސިރު، ވ. އެލަމް
- މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ނައިބު- އާމިނަތު ޝަޝީ، މ. ހާފުސް
- މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ނައިބު، މަރްޔަމް ޝިއުނާ، ހުޅުމާލެ، ފްލެޓް 02-3-160
- މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސްގެ ނައިބު- އިބްރާހީމް ފަޔާޟް، މ. މެރީޑްރީމް
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 35،500ރ. ލިބޭނެއެވެ. އެއީ 20،500ރ.ގެ މުސާރަ އާއި 15،000ރ.ގެ އެލަވަންސެކެވެ.



advertisment