ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭ.އެސް.ސީ)ގެ މެންބަރުކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން ޖޭ.އެސް.ސީގެ މެންބަރުކަމުގެ ހުވައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި އަލްއުސްތާޛު އަޙްމަދު އުޝާމް ކުރެއްވިއެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢައިޝާ ޝުޖޫން މުޙައްމަދެވެ.
މި ރަސްމިއްޔާތުގައި ޖޭ.އެސް.ސީގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން އަލްއުސްތާޛު އަޙްމަދު އުޝާމަށް ރައީސުލްޖުމްހޫރިއްޔާ ޙަވާލުކޮށްދެއްވިއެވެ.
އަލްއުސްތާޛު އަޙްމަދު އުޝާމް، ބަންޑާރަނައިބުގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެނީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައެވެ. އަދި އޭގެ ކުރިން އެމަނިކުފާނު ވަނީ ޑެޕިއުޓީ އެޓަރނީ ޖެނެރަލްކަމުގެ މަގާމުވެސް ފުރުއްވާފައެވެ.



advertisment