Support Us

ތިލަމާލެ ބްރިޖުގެ މަސައްކަތް ރައީސް ބައްލަވައިލައްވައިފި

"ގްރޭޓަރ މާލެ ކަނެކްޓިވިޓީ– މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް"ގެ މަސައްކަތްތައް ކުރިއަށްދާ ސައިޓްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޒިޔާރަތްކުރައްވައި، މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް އޮޅުންފިލުއްވައިފިއެވެ.

ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ސަރަޙައްދުތަކަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފުރަތަމަ ވަޑައިގެންނެވީ ބްރިޖުގެ މަސައްކަތް މާލޭގައި ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި މާލޭގެ ޕްރޮޖެކްޓް ސައިޓަށެވެ. އެގޮތުން ރޭމްޕް ސަރަޙައްދުގައި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު އެމަނިކުފާނު ވަނީ، މާލެއާއި ވިލިނގިއްޔާ ދެމެދު ސަރަޙައްދުގެ މަސައްކަތްތައްވެސް ބައްލަވާލައްވާފައެވެ. އޭގެފަހުން ގުޅީފަޅުގެ ޕްރޮޖެކްޓް ސައިޓަށް ވަޑައިގެން އެތަނުގައި ކުރިއަށްގެންދާ ޕްރީކާސްޓިންގެ މަސައްކަތްތަކާއި ބްރިޖުގެ އެކި މަސައްކަތްތައް ކުރިއަށްގެންދާ ގޮތާ ބެހޭގޮތުންވެސް އެމަނިކުފާނު މަޢުލޫމާތު އޮޅުންފިލުއްވިއެވެ.

ރައީސް ޑޮކްޓަރ މުޢިއްޒު މީގެ ކުރިން ވަނީ، "ގްރޭޓާ މާލެ ކަނެކްޓިވިޓީ– މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް"ގެ މަސައްކަތްތައް ނުނިމި ލަސްވަމުންދާ ސަބަބުތައް ހޯއްދަވައި، ބްރިޖުގެ މަސައްކަތްތައް ވީހާވެސް އަވަސް ސްޕީޑެއްގައި ނިންމެވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ. މި ސަރުކާރުގެ 'ހަފްތާ 14′ ގައި ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައިވެސް ތިލަމާލެ ބްރިޖު މަޝްރޫޢުގެ ޙާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްކުރުން ވަނީ ހިމަނައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *