ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީ.ސީ.ބީ) އަށް ތިން މެންބަރުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑަށް އައްޔަން ކުރެއްވި ބޭފުޅުންގެ ނަންތައް ތިރީގައި މިވަނީއެވެ.
ޕީ.ސީ.ބީ އަށް އައްޔަންކުރި ތިން މެންބަރުން
1. އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން: ދަފްތަރު. ނަންބަރު ރސ 4652. އަޙްމަދު މުޝްތާޤު
2. ބޭންކިންގގެ ދާއިރާއިން: ވ. ބްލޫއޯޝަން، ލީނާ ޢަބްދުލްޖަލީލް
3. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން: ރަންކޮކާގެ، ށ.ކޮމަންޑޫ، އަލްއުސްތާޛު މޫސާ ފަތުޙީ އާދަމް
ޖުމްލަ ހަތް މެމްބަރުން ހިމެނޭ ޕީ.ސީ.ބީ އަށް މި ތިން މެމްބަރުން އައްޔަން ކުރެއްވުމުން ހަ މެމްބަރުން ހަމަވީއެވެ.



advertisment