Support Us

ރައީސް ޑރ. މުއިއްޒު ފުރަތަމަ ރަސްމީ ދަތުރުފުޅު ސައުދީ އަށް، ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރައްވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އަންނަ ބުރާސްފަތީގައި ސައުދީ އަރަބިއްޔާ އަށް ވަޑައިގެން، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިއްޖެއެވެ.

ރައީސް ޑރ. މުއިއްޒުގެ ދެކަނބަލުން ސައޫދީ އަށް ކުރައްވާ މި ދަތުރުފުޅުގައި އުމްރާއެއް ވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ނިއުސް އޭޖެންސީ "ވާސް" އިން މިއަދު ބުނެފައިވާ ގޮތުގައި، ރާއްޖެއާއެކު ވިޔަފާރީގެ މި އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރުމަށް ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައި މިއަދު ވަނީ ނިންމަވައިފައެވެ. އަދި މިކަމާ ބެހޭ މަޝްވަރާތައް އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދާނީ ސަޢޫދީގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން ކަމަށެވެ.

ނަމަވެސް އެއްބަސްވުމުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ސައޫދީ ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާންވެސް ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުވުމުގައި މުހިންމު 15 ނިންމުމެއް ނިންމަވާފައިވާ ކަމަށްވެސް ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ނިއުސް އޭޖެންސީން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *