Support Us

ބާރު ސްޕީޑުގައި ދިޔަ ކާރަކުން ޖެހި، ދެ ކާރެއް ފުނޑާލައިފި

ރޭ ފަތިހު، ބާރު ސްޕީޑުގައި ދުއްވައިފައިދިޔަ ކާރަކުން ޖެހި، ޕާކުކޮށްފައި އޮތް ދެ ކާރެއް ވަރަށް ބޮޑަށް ހަލާކުވެއްޖެއެވެ.

އެސްޓީއޯ ހެޑް އޮފީހާ ދިމާލުން، ކަނބާއައިސާރަނި ހިނގުމުގައި މި އެކްސިޑެންޓެއް ހިނގައިފައި ވަނީ ފަތިހު ފަހެއްޖަހާ އެހާކަންހާއިރު ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. އެ މީހުން ބުނި ގޮތުގައި ކަނބާއައިސާރަނި ހިނގުމުގެ އުތުރުން ވަރަށް ބާރަށް ވަދެގެން އައި ހުދު ކުލައިގެ އެ ކާރު، ޕާކިން ޒޯނުގައި އޮތް ކާރެއްގެ ފަހަތުގައި ޖެހުނުލެއް ބާރުކަމުން އެ ކާރު ވިއްސައިގެން ގޮސް ކުރީގައި އޮތް ކާރުގައި ޖެހި، އެކާރު ގޮސް އެތާ ހުރި ހޮޅިދަނޑިއެއްގައި ޖެހި ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބިއެވެ. ނަމަވެސް ޕްރައިވެޓް މި ތިން ކާރު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ބާރު ސްޕީޑުގައި ދިޔަ, އިޓަލީގެ މާސެރާޓީ ލެވާންތެ މަރުކާގެ ބޮޑު ހުދު ކާރު ގޮސް ޖެހުނުލެއް ބާރުކަމުން އޭގެ ކުރީ ފުރޮޅުވެސް ވަނީ ފަޅައިގެން ގޮސްފައެވެ. އެހެންވެ އޭތި އެ ތަނުން ނެގީ ފޯކްލިފްޓް ޖަހައިގެންނެވެ.

ތިރީގައި މިވަނީ އަދިވެސް އަށް ލިބިފައިވާ މި އެކްސިޑެންޓާ ގުޅޭ ބައެއް ފޮޓޯ އާއި ވީޑިއޯ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *