Support Us

ރައީސުލްޖުމްހޫރިއްޔާއަށް ތިނަދޫން މިއަދު މަރުހަބާ ދަންނަވަނީ

ގދ. ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައަޅުއްވައިފި

ގދ. ތިނަދޫއަކީ މިއަދުން ފެށިގެން ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކަށައެޅުއްވި ޤަރާރަކުންނެވެ.

ތިނަދޫ ސިޓީއާއެކު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ސަރަޙައްދުގެ ޢަދަދު ފަހަކަށް ވަނީ އިތުރުވެފައެވެ. އަނެއް ހަތަރު ސިޓީއަކީ މާލޭ ސިޓީގެ އިތުރުން، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީ އާއި ކުޅުދުއްފުށި ސިޓީއެވެ.

ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށެއްގައި ނުވަތަ އަވަށެއްގައި ނުވަތަ ދާއިރާއެއްގައި ނުވަތަ ސަރަޙައްދެއްގައި، ޤާނޫނުގައި ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާނަމަ، އެ ރަށަކީ ނުވަތަ އެ އަވަށަކީ ނުވަތަ އެ ދާއިރާއަކީ ނުވަތަ ސަރަޙައްދަކީ ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންވާނެ ކަމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެ ޝަރުތުތައް ތިނަދޫގައި ފުރިހަމަ ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އެކަށައެޅުއްވި ޤަރާރުގައި ބަޔާންކުރައްވަފައިވެއެވެ.

މިދިޔަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބު ދައްކާ ގޮތުން ތިނަދޫގެ އާބާދީ އަކީ 5,390 އެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *