Support Us

ފައިސާ ހޯދުމަށް އައި.ޖީ.އެމް.އެޗް ޑޮކްޓަރުންގެ ނަމުގައި ކޯލްތަކެއް

ފައިސާ ހޯދުމަށް އައި.ޖީ.އެމް ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ނަމުގައި ފޭކް ކޯލްތަކެއް އެ ހޮސްޕިޓަލުގެ ޑިޕާޓްމެންޓް ތަކަށް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އައިޖީއެމް ހޮސްޕިޓަލުގެ ނަރުހަކު "އަދިވެސް" އަށް މައުލޫމާތު ދެމުން ބުނީ އެ މުވައްޒަފުން ބުރަކޮށް މަސައްކަތް ކުރަމުން ދާއިރު މިއަންނަ ފޯނު ކޯލުތަކަށް މާބޮޑު ސަމާލުކަމެއް ނުދެވި ބަޔެއް ޑޮކްޓަރުން އަދި ނަރުހުންވެސް އެ އެކައުންޓަށް ރުފިޔާ ފޮނުވާފައިވާ ކަމަށެވެ. އެޔާއެކު އެކި ޑިޕާޓުމެންޓްތަކަށް މި ކޯލު ތަކުރާރުކޮށް އަންނަމުން ދާތީ އެތަނުގެ ހުރިހާ މުވައްޒިފުން މި ކޯލުތަކަށް ސަމާލުވުމަށް އަދި ރުފިޔާ ނުފޮނުވުމަށް މިހާރު ވަނީ އަންގައިފައެވެ.

 

އައި.ޖީ.އެމް ހޮސްޕިޓަލުގެ ޑިޕާޓްމެންޓް ތަކުގެ ފޯން ލައިނަށް ދޭތެރެއަކުން މި ފޯން ކޯލްތައް އަންނަ ކަމަށް އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒިފުންގެ ފަރާތުން މައުލޫމާތު ލިބެއެވެ. އަދި ހަމަ އެޔާއެކު 2021 ވަނަ އަހަރުގެ މެދު ތެރޭގައިވެސް މި ފޯން ކޯލްތައް އައި ކަމަށްވެއެވެ. އޭގެ ފަހުން އެކޯލްތައް މެދުކެނޑުމަށްފަހު އަނެއްކާވެސް މި އޯގަސްޓު މަހުގެ ތެރޭގައި މި ކޯލްތައް އަންނަން ވަނީ ފަށާފައެވެ.

އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ބޭރު ޑޮކްޓަރުންގެ ނަމުގައި ފޯނުކޮށްފައި ބުނަނީ މިވަގުތު ހުރީ އެއަރޕޯޓުގެ ކަމަށާއި ވަރަށް އަވަހަށް ޑޮލަރު ބޭނުން ކަމަށެވެ. މި ފޯނު ކޯލުތަކުގައި ވާހަކަ ދައްކަނީ އިނގިރޭސި ބަހުންނެވެ. އަދި ހަމަ އެޔާއެކު އެކި ފަހަރުމަތިން އެކި ގޮތަށް ވާހަކަ ދައްކާ، އެތަނުގެ ޑޮކްޓަރުންނާއި ނަރުހުންގެ ކައިރިން ޑޮލަރު އަދި ރުފިޔާ ފޮނުވުމަށް ދަނީ އެދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *