Support Us

"ކެލާ ސަވާރީ" ބޯޓު ނޮޅިވަރަންފަރު ކަނޑިންމައަށް އުރި، އަޑިއަށްދަނީ

19:00

މުދާ ބަރުކޮށްގެން މާލެއިން ދިޔަ ހއ. ކެލާ ސަވާރީ ބޯޓު، ހދ. ނޮޅިވަރަންފަރަށް ވަންނަން އުޅެނިކޮށް، އެ ރަށު ކަނޑިންމަ މައްޗަށް އުރުމުގެ ސަބަބުން ފޫގޮސްގެން އަޑިއަށް ދާން ފަށައިފިއެވެ.

ހދ. ހަނިމާދޫ ކައިރީގައި އޮންނަ ނޮޅިވަރަންފަރުން ވާހަކަ ދެއްކި މީހަކު ދެންމެ ބުނިގޮތުގައި މުދާ ބާލަން އެ ބޯޓު މިއަދު ހަވީރު އެ ރަށަށް ވަންނަން އުޅެނިކޮށް ކަނޑިންމައިގެ ގަލެއްގައި ޖެހި ދިޔަވާން ފެށުމުން ބޯޓު ސަލާމަތްކުރަން އެރަށުގެ ރައްޔިތުން ނުކުމެ އެހީތެރިވިއެވެ. ނަމަވެސް ފުންނުކުރެވި ބޯޓު ވަނީ ވަރަށް ބޮޑަށް އަޑިޔަށް ގޮސްފައެވެ.

"މުދާތައް އޮޔާދަނީ މިހާރު،" އޭނާ ބުންޏެވެ. "ހިޔެއްނުވޭ (މުދާތައް) ސަލާމަތްކުރެވޭނެހެނެއް. އެ ހިސާބުގައި ރާޅު އެހާ ބޮޑު. އެއްޗަކަށް ކައިރިނުކުރެވޭ."

އޭނާ ބުނި ގޮތުގައި މުދާ އުފުލާ ބޯޓެއް އެ ރަށުގައި ނެތުމުން ނޮޅިވަރަންފަރު ފިހާރަތަކަށް ކާޑާއި ތަރުކާރީ އާއި މޭވާ އާއި ގޭސް ފަދަ ހުރިހައި މުދަލެއް އާންމުކޮށް ގެންދަނީ ސަވާރީ ބޯޓުގައެވެ.

"ގިނަ ފިހާރަތަކުން ކާޑާއި ތަރުކާރީ ހުސްވެފައި ހުރީ. ސަވާރީއަށް އިންތިޒާރުކޮށްގެން އެންމެން ވެސް ތިބީ."

ސަވާރީ ބޯޓަކީ އުތުރުގެ ބައެއް ރަށްތަކަށް މަހަކު ދެ ފަހަރު ކަހަލަ ގޮތަކަށް މުދާ އުފުލައިދޭ ބޯޓެކެވެ.

ނޮޅިވަރަންފަރު ކަނޑިންމަމައްޗަށް މީގެ ކުރިން ވެސް ބޯޓުފަހަރު އުރި، ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ.

20:56

އެމް.އެން.ޑީ.އެފްގެ ބަޔާން:

ހދ.ނޮޅިވަރަންފަރު ނެރުމައްޗަށް "ސަވާރީ" ނަމަކަށް ކިޔާ މުދާއުފުލާ ދޯންޏެއް އަރައިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން 19:34 ހާއިރު އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށައިފި. ހާދިސާގެ ރިޕޯރޓް ލިބިފައިވަނީ މިރޭ 18:30 ހާއިރު.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *