Support Us

ފުލުހުންގެ ބެލުމުގެދަށުގައި ކާކުގެ ރަންފަށެއް؟

ރަންފަށެއް ހިމެނޭ ގޮތަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ބައެއް ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

ގަލޮޅު ޕޮލިސް ސްޓޭޝަން

  • ޖޫން 13 ވަނަ ދުވަހު ބޮޑުރަސްގެފާނުމަގު ކަށިމާހިނގުން ގުޅޭ ހިސާބުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރެޑްމީ ބްރޭންޑުގެ ނޫކުލައިގެ ފޯނެއް. އިންސިޑެންޓް ނަންބަރ 525009ޖޫން 14 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، ޕޮލިސް ޓޯޔާޑް ކައިރި ބަސް ސްޓޮޕް ކައިރިން ފެނިފައިވާ ކެމެރާ ސްޓޭންޑެއް. އިންސިޑެންޓް ނަންބަރ 525266
  • ޖޫން 17 ވަނަ ދުވަހު ހ. މޫނިމާ ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ އަތު ރޮންދާއެއް. އިންސިޑެންޓް ނަންބަރ 525448
  • ޖޫން 17 ވަނަ ދުވަހު ފާށަނާކިލެގެފާނު މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަރަންޓު ބުރުމާއެއް. އިންސިޑެންޓް ނަންބަރ 525448
  • ޖޫން 18 ވަނަ ދުވަހު ނީލަންފިހާރަ ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕްރޮޕް ޖެކެއް. އިންސިޑެންޓް ނަންބަރ 525534
  • ޖޫން 19 ވަނަ ދުވަހު ސިއްތިމާވާހިނގުން ގ. ޕޫލްޑްރީމް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 35 ރުފިޔާ. އިންސިޑެންޓް ނަންބަރ 525707
  • ޖޫން 20 ވަނަ ދުވަހު ލޮނުޒިޔާރަތްމަގު ލިންޗްޕިން ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރ 525746
  • ޖޫން 20 ވަނަ ދުވަހު ސަލްމާން މިސްކިތް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 655 ރުފިޔާ އޮތް މުށި ކުލައިގެ ވޮލެޓެއް. އިންސިޑެންޓް ނަންބަރ 525743

"މި ތަކެތީގެ ވެރިފަރާތުން، 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

މާފަންނު ޕޮލިސް ސްޓޭޝަން

  • ޖޫން 10 ވަނަ ދުވަހު މާވެޔޮ މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަޅު ކުލައިގެ އައިފޯނެއް (އައި ފޯނު 4). އިންސިޑެންޓް ނަންބަރ 524774
  • ޖޫން 17 ވަނަ ދުވަހު އައިޖީއެމްއެޗް ތެރެއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ރަން ފަށެއް. އިންސިޑެންޓް ނަންބަރ 525514
  • ޖޫން 18 ވަނަ ދުވަހު ޓީޖެޓީ ކައިރިން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ހުއާވެއި ބްރޭންޑްގެ ނޫކުލައިގެ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރ 525574
  • ޖޫން 19 ވަނަ ދުވަހު މަޖީދީމަގު ކާސިންޖީމަގު ގުޅޭ ހިސާބުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ލެޑްލައިޓު ތަކެއް. އިންސިޑެންޓް ނަންބަރ 525628

"މި ތަކެތީގެ ވެރިފަރާތުން، 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *