Support Us

ޖަޕާނަށާއި ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ސަފީރުން ޢައްޔަނު ކުރައްވައިފި

ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމަށް ގ. ފިޔާތޮށިގޭ ޙަސަން ޞާބިރު އަދި ބެލްޖިއަމުގައި ހުންނަވާ ދިވެހި ސަފީރުކަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ހ. ހިކިފިނިފެންމާގެ ޢުމަރު ޢަބްދުއްރައްޒާޤު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަނު ކުރައްވައި، އެ ދެ ބޭފުޅުންނަށް ސަފީރު ކަމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

ޞާބިރު ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ މިނިސްޓަރުންނާ އެއް ފެންވަރުގައެވެ. ޢުމަރު ޢަބްދުއްރައްޒާޤު ސަފީރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރުންނާ އެއް ފެންވަރުގައެވެ.

ޞާބިރު މީގެ ކުރިން ހުންނެވީ ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައެވެ. ޢުމަރު ޢަބްދުއްރައްޒާޤު ހުންނެވީ ސްރީ ލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅައިފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް