...

Support Us

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް އައިސްއަލަމާރިއެއް

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން – އައިއެސްއެސް އަށް ދެ އައިސްއަލަމާރި ގެންގޮސްފި އެވެ. މިއީ އައިއެސްއެސްގައި ތިބޭ އެސްޓްރޮނޯޓުންނަށް މުޅިން އަލަށް ލިބުނު ފުރުސަތެކެވެ. ނާސާއިން ބުނީ މި ދެ އައިސްއަލަމާރި ޚާއްސަކުރާނީ އެސްޓްރޮނޯޓުން ކާންބޯން ބޭނުންކުރާ ތަކެއްޗަށް ކަމަށެވެ. އައިއެސްއެސްގައި ކާބޯތަކެތި ރައްކާކުރަން މީގެ ކުރިން ދުވަހަކު ވެސް އައިސްއަލަމާރިއެއް ބޭނުންކޮށްފައެއް ނުވެ އެވެ.

އައިއެސްއެސްގައި މިހާރު ވެސް އައިސްއަލަމާރި ބޭނުންކުރެވެ އެވެ. އެހެން ނަމަވެސް ތަފާތު އެހެން ބޭނުންތަކަށެވެ. އައިއެސްއެސްގައި ކުރާ ތަހުލީލުތަކަށް އަދި ހަދާ ޓެސްޓަކަށް ބޭނުންވާ ބައެއް އާލާތްތަކާއި ސާމާނު އައިސްއަލަމާރީގައި ރައްކާކުރެ އެވެ. މި އާލާތްތައް ދެމެހެއްޓުމަށްޓަކައި ބަހައްޓަން ޖެހެނީ ގަދަފަދަ ފިނީގަ އެވެ.

ދުނިޔޭގެ މައްޗަށް ޓެކްނޮލޮޖީ ގަދަވެގެންފައި ވާއިރު، އައިއެސްއެސް އަށް އައިސްއަލަމާރިއެއް ނުފޮނުވި ލަސްވި ސަބަބު އާންމުނަށް ނޭނގިދާނެ އެވެ.

އައިއެސްއެސް އަކީ އެއްވެސް ތަނެއްގައި ނުޖެހި، ޖައްވުގައި އޮތް އުޅަނދެކެވެ. ދުނިޔޭގެ ބައެއް ގާނޫނު އެތަނުގައި ނުހިނގަ އެވެ. މިސާލަކަށް ވައި ދަތުރުކުން އަދި މިނެކިރުމެވެ. ސްކޫލްގައި ކެމިސްޓްރީ/ ފިޒިކްސް ކިޔެވި ކުދިން ދަސްކޮށްފައި ވާނީ، ހޫނު ވައި މައްޗަށް އަރާ ކަމަށެވެ. ދުނިޔޭގެ ބިމުގައި ބަރުދަން ބެލޭ ގޮތަށް އައިއެސްއެސްގައި ބަރުދަނެއް ނުބެލެ އެވެ. އެއީ "މައިކްރޮގްރެވިޓީ" މާހައުލެކެވެ. އެހެންކަމުން، ހޫނު ވައި މައްޗަށް އަރައި ނެތި ދިއުމަށް ހުރަސްއެޅެ އެވެ.

ދުނިޔޭގައި – ގޭބިސީތަކާއި، ފިހާރަތަކުގައި ބޭނުންކުރެވޭ އައިސްއަލަމާރިން އަރާ ހޫނު، ވައިގެ ތެރެ އަށް ފޭއްދިގެން ދެ އެވެ. އައިއެސްއެއްގައި މިކަން މި ގޮތަކަށް ނުހިނގަ އެވެ. އޭގެ ބަދަލުގައި އައިސްއަލަމާރި ބަހައްޓާފައި ހުންނަ ތަނުގެ ފިނިހޫނުމިނަށް ނުބައި ބަދަލު އާދެ އެވެ.

އައިއެސްއެސްގައި ކާބޯތަކެތި ބެހެއްޓުމަށް އައިސްއަލަމާރިއެއް ބޭނުކުރެވޭ ވަރު މިވީ، ކަން ކުރަންވީ ގޮތް، ނުރައްކަލެއް ނެތް މިންވަރަށް، އިންސާނުންނަށް ދަސްވުމުންނެވެ. މި ވަރުގެ ކަމަކަށް ބަލާއިރު، ބޮޑު ހޭދައެއް ނުކޮށް އަދި ތަކުލީފުތަކަކާ ނުލައި އައިސްއަލަމާރި އުފައްދަން ބޭނުންވާ އިންޖިނޭރިން ތިލަވުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *