Support Us

ފަށާތައުލީމު މަރުހަލާގެ ފޮތް ސެޓް ނެރެފި

ފަށާތައުލީމު މަރުހަލާގެ ފޮތް ސެޓް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ނެރެދެއްވައިފިއެވެ. ޑރ ޝަހީމް އަކީ މިމަޝްރޫގެ މަސްޢޫލުވެރިޔާވެސް މެއެވެ.

ފޮތް ސެޓް ނެރެދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މިއީ ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ކުރިއަށް ގެންދިޔަ ތައުލީމީ ތަރުބަވީ އިސްލާމީ މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި މިއީ 2021 ގައި ފެށި މަޝްރޫޢެއް ކަމަށާއި 65 ފޮތް ހިމެނޭ މި މަޝްރޫޢުގައި ބޭބީ ނާސަރީ، ނާސަރީ، އެލްޖޭޖީ، ޔޫކޭޖީ މަރުޙަލާގެ ފޮތް ހިމެނޭ ކަމަށެވެ. އަދި ވިދާޅުވީ މި މަރުޙަލާތަކުގައި ޤައުމީ މަންހަޖުގައި ހިމެނޭ ހުރިގައި މާއްދާތަކެއްގެ ފޮތްތަކުގެ އިތުރުން، އިސްލާމީ އަދަބު އަޚްލާޤައި ޢަރަބި މާއްދާއެއް ވެސް ހިމެނޭނެ ކަމަށެވެ.

"އިސްލާމީ ތަރުބަވީ ފަލްސަފާގެ އަލީގައި ތައްޔާރުކުރި މި ފޮތް ސެޓް، އަޅުގަނޑުގެ ބެލުމުގެ ދަށުން ލިޔެ އެކުލަވައިލެއްވީ ނޭޝަނަލް އިންސްޓިޓިއުޓް ފޯ އެޑިއުކޭޝަންގެ ކުރީގެ ކަރިކިއުލަމް ޑިވެލޮޕަރ މަރިޔަމް ޝަޒްނާ. ޤުރްއާން މާއްދާގެ ފޮތް ތައްޔާރުކުރެެއްވުމުގައި ޢާބިދާ މިސް ބައިވެލެއްވި. ބޭބީ ނާސަރީގެ ޢަރަބި މާއްދާގެ ފޮތް ތައްޔާރު ކުރެއްވީ ނީނާ މިސް. ފޮތްތަކުގެ ކުރެހުންތައް ތައްޔާރުކޮށް ޑިޒައިން ކުރީ ޚަދީޖާ ޢަބްދުﷲ،" ޝަހީމު ވިދާޅުވިއެވެ.

މި ފޮތްތައް މުރާޖިޢާކުރީ އެކި މަރުޙަލާތަކުގައި، އެކި މާއްދާތައް އެކި ބޭފުޅުންނެވެ. އެއިގެ ތެރޭގައި އުސްތާޒު އިމްތިތާއު އައްބާސް، އުސްތާޛު މުޙައްމަދު ފިރުޒުލް އަދި ޝިފާޔަތު އަލީ ހިމެނެއެވެ.

"މި މަޝްރޫޢުގެ ފުރަތަމަ މަރުހަލާގެ ފޮތްތައް މިއަދު ޕަބްލިޝްކުރެވިގެންދާއިރު މިބޮޑު މަޝްރޫޢު ކާމިޔާބު ކުރުމުގައި އެހީތެރިވެލެއްވި ޝައިޚު މުޙައްމަދު ލަތީފާއި"، އިދާރީ ގޮތުން އެންމެ ގާތުން އެހީވި މަދީނާ އިންވެސްޓްމަންޓްސްގެ ސީއީއޯ އަލީ އަހުސަނާއި އައިއޯސީސީގެ ކޯފައުންޑަ އަލީ އަޝްވާޤަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި މާލީ ގޮތުން މި މަޝްރޫޢަށް އެހީތެރިވެލެއްވި ބޭފުޅުންނަށް ހެޔޮ ދުޢާ ރައްދުކުރަން." ޝަހީމު ވިދާޅުވިއެވެ.

"މި މަޝްރޫޢު އެކުލަވައިލުމުގެ މަޤްސަދަކީ އިސްލާމީ ފަލްސަފާގެ މައްޗަށް ފައުންޑޭޝަން ސްޓަޑީސް މަރުޙަލާގެ ފޮތްތަކެއް ނެރުން. މިއަދު މި ނެރެވިގެންދަނީ ބޭބީ ނާސަރީގެ 16 ފޮތް. ބާކީ 49 ފޮތް ނެރުމުގެ މަސައްކަތް ދަނީ ކުރިއަށް. ހުރިހައި ފޮތެއްވެސް ވަނީ ލިޔެ ނިމިފައި. މި މަޝްރޫޢަށް މާލީ އެހީތެރިކަން ދެއްވަން ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު އެބަ އޮތް. މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ނެރެވޭ ފުރަތަމަ ފޮތް ސެޓު."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް