Support Us

ވަރަ އެކްސްޕޯގެ ގޯލްޑް ސްޕޮންސަރަކަށް ބީ.އެމް.އެލް

"ނޭޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ" (ވަރަ އެކްސްޕޯ 2026) ގެ ގޯލްޑް ސްޕޮންސަރެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީއާއެކު ބީ.އެމް.އެލް އިން ބައިވެރިވެއްޖެއެވެ.

މި މަހުގެ 26 އިން 28 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯ އަކީ ދިވެހި ޒުވާނުންނަށް ވަޒީފާގެ ދާއިރާތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ވަޒީފާދޭ ފަރާތްތަކާ ބައްދަލުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ އެކްސްޕޯއެކެވެ. މީގެ އިތުރުން، ކެރިއަރ ކައުންސެލިން ސެޝަންތަކާއި، މަސައްކަތު ބައްދަލުވުންތަކުގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުންނާ ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް މި އެކްސްޕޯގެ ތެރެއިން ލިބިގެންދާނެއެވެ.

މި އެކްސްޕޯގައި ބީއެމްއެލްގެ ފަރާތުން އެ ބޭންކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމަށް ހިންގާ ތަމްރީނުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާނެއެވެ. މިއީ ޒުވާނުން ބާރުވެރިކުރުވުމަށާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ބޭންކުން ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ބީ.އެމް.އެލް އިން ބުނެއެވެ.

ދިވެހި ޒުވާނުންގެ ތައުލީމާއި، ހުނަރުވެރިކަން އިތުރުކޮށް، ވަޒީފާގެ ދާއިރާއިން ކުރިއަށްދިއުމަށް އެހީތެރިވުމުގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ މިދިޔަ އަހަރު ބޭއްވި ވަރަ އެކްސްޕޯގެ މެއިންސްޕޮންސަރެއްގެ ގޮތުގައިވެސް ބައިވެރިވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *