Support Us

އެސްޓީއޯ ރަމަޒާން ބާޒާރު ފަށައިފި 

އެސްޓީއޯ ރަމަޒާން ބާޒާރު މިއަދު ފަށައިފި އެވެ.

"އެސްޓީއޯ ރަމަޒާން ބާޒާރު 2027″ ފެށޫ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ހަފްލާއަކުންނެވެ. ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސްޑް އެންޑް ޕަބްލިކް އެންޓަރޕްރައިސަސްގެ ސްޓޭޓް މިނިސްޓަރ، ހުސައިން ޝާމް އާދަމެވެ.

މި އަހަރުގެ އެސްޓީއޯ ރަމަޒާން ބާޒާރު ކުރިއަށްދާނީ އަންނަ އަހަރުގެ މާރިޗު 10ގެ ނިޔަލަށެވެ. މި އަހަރުގެ ޕްރޮމޯޝަންގެ ދަށުން، ހާއްސަ ކުރެވިފައިވާ ގިނަ ޕްރޮޑަކްޓްތަކަކުން %50 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި ކޮންމެ ދެ ހަފްތާއަކު، 500ރ. އިން މަތީގެ ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި ދެ މީހަކަށް 2500ރ. ގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ. މީގެ އިތުރުން، 5،000ރ. މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް، ހާއްސަ ހަދިޔާ ގުޅިއަކުން ހަދިޔާއެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ. މި ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ގޮތުގައި 100،000ރ. ގެ ފައިސާގެ އިނާމެއް ވަނީ ކަނޑައެޅިފައެވެ. ޕްރޮމޯޝާން ނިމުމާ އެކު، ޕްރޮމޯޝަންގެ މުއްދަތުގައި ވިޔަފާރިކޮށްގެން ލަކީޑްރޯގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ނަސީބުވެރިއަކަށް ފައިސާގެ އިނާމު ލިބޭނެއެވެ.

އެސްޓިއޯ ރަމަޒާން ބާޒާރާއލ އެކު، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާގައި ހުޅުވުމަށް ތައްޔާރުވަމުން ދިޔަ މަޝްހޫރު ފްރެންޗައިޒެއް ކަމަށްވާ ކޮފީ ބީންސް އެންޑް ޓީލީވްސްގެ އައުޓްލެޓްވެސް ވަނީ ރަސްމީކޮށް އާއްމުންނަށް ހުޅުވާލައިފައެވެ. ކޮފީ ބީންސް އެންޑް ޓީލީވްސް އަކީ ގިނަ ބައެއްގެ މެދުގައި މަގުބޫލު، ގިނަ ބައެއްގެ ތަރުހީބު ލިބެމުން އަންނަ ފްރެންޗައިޒެކެވެ. މި ފްރެންޗައިޒްގެ އެންމެ ފުރަތަމަ އައުޓްލެޓް ހުޅުމާލޭގައި ހުޅުވާފައިވާއިރު، މިއީ މާލޭގައި ހުޅުވުނު މި ފްރެންޗައިޒްގެ ފުރަތަމަ އައުޓްލެޓެވެ. މީގެ އިރުރުން، ކަސްޓަމަރުންނަށް ފަސޭހައިން ވިޔަފާރި ކުރެވޭނެ މާހައުލެއް ގާއިމް ކުރުމަށްޓަކައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިތުރަށް ބޮޑުކޮށް ފުޅާކޮށް، މި ސަރަހައްދުވެސް އާއްމުންނަށް ވަނީ ހުޅުވާލައިފައެވެ.

އެސްޓީއޯ ރަމަޒާން ބާޒާރަކީ ކޮންމެ އަހަރަކުވެސް ރޯދަމަހާ ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ހިފައޖ ގެންގުޅޭ ސާމާނު ހެޔޮ އަގެއްގައި ފޯރުކޮށްދިނުމުގެ މަގްސަދުގައި އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ، ހުޅުމާލެ އަދި ރީޖަނަލް އައުޓްލެޓްތަކުގައި ކުރިއަށްދާނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *