Support Us

ސުންނާފަތި ކޮށްލައިފައިވާ ޣައްޒާގެ ސަރަހައްދެއްގެ ބޯޑަރު ކައިރީގައި އިސްރާއީލު ސިފައިން

ޣައްޒާ ހަނގުރާމަ ފެށި ފަހުން ޔޫރަޕުން އިސްރާއީލަށް އެއް ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓް

ޣައްޒާ ހަނގުރާމަ 2023 ގައި ފެށި ފަހުން، އިސްރާއީލުގެ ދިފާއީ ނިޒާމަށާއެކު އިސްރާއީލަށް ޔޫރަޕް އިއްތިހާދުގެ މުއައްސަސާތަކުން 1.83 ބިލިއަން ޑޮލަރު (28.27 ބިލިއަން ރުފިޔާ)ގެ ކޮންޓްރެޓް ދިންކަން ހާމަވެއްޖެއެވެ.

މަދަނީ މިނިވަންކަމާއި އިންސާނީ ހައްގުތަކާއި ހިޖުރަކުރުމާއި ސަލާމަތީ ކަންތައްތައް ދިރާސާކުރާ އިނގިރޭސި ވިލާތުގެ ހިލޭސާބަހަށް މަސައްކަތްކުރާ ސްޓޭޓްވޮޗުން ކުރި ދިރާސާއެއްގައި ބުނީ ޔޫރަޕްގެ މުއައްސަސާތަކުން އިސްރާއީލަށް މި އެހީ ދިނީ ޣައްޒާގައި އިސްރާއީލުން ހަރަކާތްތެރިވަމުންދިޔަ ގޮތާމެދު ގާނޫނީ ނަޒަރަކުން ވެސް ފާޑުކިޔުންތައް އަމާޒުވަމުންދިޔަ ދުވަސްވަރެއްގައި ކަމަށެވެ.

"އިސްރާއީލުގެ ގަވައިދާ ހިލާފު އަމަލުތައް ކުރިއަށްގެންދިއުމަށް ޔޫރަޕް އިއްތިހާދުން އެއްވެސް ލަދުވެތިކަމެއް ނެތި މަގުފަހިކޮށްދިން،" ޔޫރަޕްގެ މުއައްސަސާތަކާ ބެހޭ އެމްނެސްޓީ އިންޓަނޭޝަނަލްގެ ޑިރެކްޓަރ އީވް ގެޑީ ބުންޏެވެ.

އެމްނެސްޓީން ބުނީ އިގުތިސާދީ ގޮތުންނާއި އަދި އިންސްޓިޓިއުޝަނަލް ގޮތުން ވެސް ޔޫރަޕުން ޣައްޒާ ހަނގުރާމަ ދުވަސްވަރު އިސްރާއީލުގެ ކުންފުނިތަކާ ގުޅުން ބެހެއްޓުމުން އިސްރާއީލަށް މާލީ އަދި ސިޔާސީ ތާއީދު ލިބުނު ކަމަށެވެ. އެއީ ބައިނަލްއަގުވާމީ ގާނޫނު މުގުރައިލަމުން އިސްރާއީލު ދިޔަ ދުވަސްވަރުގައެވެ.

ޔޫރަޕް އިއްތިހާދާއި އިސްރާއީލާ ދެމެދު 2024 ގައި ކުރި ވިޔަފާރި 48.72 ބިލިއަން ޑޮލަރު (752.61 ބިލިއަން ރުފިޔާ)އަށް އެރި ކަމަށް ވެސް ސްޓޭޓްވޮޗުން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *