Support Us

ދެ ކުދިން ސަލާމަތް ކުރަން ކާރެއްގެ ކުރިމައްޗަށް އަންހެނަކު ފުންމާލައިފި

ކުދިން ބަލަން ހަވާލުވެ ހުރި މީހަކު އެ ދެ ކުދިން ސަލާމަތް ކުރުމަށްޓަކައި ކާރެއްގެ ކުރިމައްޗަށް ފުންމާލައިފިއެވެ.

އެމެރިކާގެ ވޮޝިންޓަންގައި މި މަހުގެ 15 ވަނަ ދުވަހު މި ހާދިސާ ހިނގީ މަރީނާ ފުއެންތެސް ކިޔާ މެއިޑަކާ ހަވާލުކޮށްފައިވާ ދެކުދިން ގޮވައިގެން ގޭގެ ބޭރުގައި ހުއްޓައެވެ. ބާރު ސްޕީޑުގައި ކާރު އައިސް ޕޭމަންޓްމައްޗަށް އެރުމުން މަރީނާ ވަނީ ކުދިންކޮޅު ސަލާމަތް ކުރުމަށްޓަކައި ކާރުގެ ކުރިމައްޗަށް ފުންމާލައިފައެވެ.

މި ހާދިސާގައި މަރީނާގެ ބައެއް ކަށިތައް ބިނދި ބޮޑެތި ޒަހަމްތަކެއް ވަނީ ވެފައެވެ. ނަމަވެސް އެ ހާލުގައި ވެސް އޭނާ އެ ދެކުދިންގެ ސަލާމަތަށް ދެކުދިން ގޮވައިން އެތާ އޮތް ކަމަށް ވެއެވެ.

މަރީނާ ސަލާމަތްކުރި ދެކުދިންގެ ހާލު ރަނގަޅު ނަމަވެސް، މަރީނާ އަދިވެސް އޮތީ ހޮސްޕިޓަލުގައެވެ. އޮޕަރޭޝަނަށް ފަހު މަޑުމަޑުން އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އަލުން އަނބުރާ މަސައްކަތް ކުރަން ދެވޭނެ ދުވަހެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

މި ކާރަކީ ވަގަށް ނަގައިގެން ދުއްވަމުންދިޔަ ކާރެކެވެ.

"ޑެލިވަރީ ޑްރައިވަރެއް އޭނާގެ ކާރު ބާއްވައިފައި ދިޔަ ގަޑީގައި މީހަކު އައިސް އެ ކާރަށް އަރައިން ފިލީ. އެކަމަކު އޭނާ އަވަހަށް ފިލަންވެގެން މާ ބާރަށް ދުއްވަން ހަދައިގެން ކާރު ކޮންޓްރޯލުން ނެއްޓި ޕޭމަންޓް މައްޗަށް ކާރު އަރައިގެން ގޮސް ޑެލިވަރީ ޑްރައިވަރާއި، އަންހެން މީހެއް ގައިގައި ކާރުން ޖެހުނީ،" މެޓްރޮޕޮލިޓަން ޕޮލިސް ޑިޕާޓްމަންޓުން ބުންޏެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ކާރު ވަގަށް ނެގި މީހާ، ކާރު ދޫކޮށްލާފައި ދުވެ ފިލާތަން ފެނެއެވެ. ފުލުހުން މިހާރު ވަނީ އެ މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

މަރީނާގެ ހޮސްޕިޓަލް ބިލަށް ހަރަދުކުރުމަށްޓަކައި ފައިސާ ހޯދުމަށް ކެމްޕެއިނެއް ވަނީ ފަށައިފައެވެ. މިގޮތުން މަރީނާ އަށް އެތައް ބައެއްގެ ލޯތްބާއި ތައުރީފް ލިބުމުގެ އިތުރުން 30،000 ޑޮލަރު މިހާތަނަށް ވަނީ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *