ޕާކިސްތާނުގެ އިރްފާން މައްސޫދު އޭނާގެ 34 ވަނަ ދުނިޔޭގެ ރިކޯޑް ހަދައިފިއެވެ. މި ފަހަރު އޭނާ ރެކޯޑު ހެދީ 27 ކިލޯގެ ބަރެއް އޭނާގެ ބުރަކަށިމަތީގައި ބާއްވައިގެން ހަތަރެސްފައިގެ އިނގިލިތަކުގެ ކުރި ޖައްސައިގެން 1 މިނިޓްތެރޭ އެންމެ ގިނަ ޕުޝްއަޕްސް ހަދައިގެންނެވެ. މި 1 މިނިޓުގެ ތެރޭގައި 49 ޕުޝްއަޕްސް އިރްފާން ވަނީ ހަދައިފައެވެ.
އިރްފާނުގެ ކުރިން މި ރެކޯޑް ހަދާފައި ވަނީ އިރާގުގެ އެތްލީޓެއް ކަމަށްވާ ޖަރްޖީސް ރަޝީދެވެ. އޭނާ ރިކޯޑް ހަދާފައިވަނީ 1 މިނިޓު ތެރޭގައި 44 ޕުޝްއަޕްސް ހަދައިގެންނެވެ.
މީގެ ކުރިންވެސް އިރުފާން ވަނީ ޕުޝްއަޕްސް އާއި ފުންމުން ފަދަ ކަސްރަތުތަކުން ދުނިޔޭގެ ރިކޯޑްފޮތުން 33 ފަހަރު ޖާގަ ހޯދައިފައިވެއެވެ.