Support Us

ސްނެޕް ވީޑިއޯއެއް ނަގަނިކޮށް އަންހެނަކު ކާރުން ބޭރަށް ވެއްޓިއްޖެ

 

ކާރުގެ ކުޑަދޮރުން ބޭރަށް އެލިގެން ސްނެޕްޗެޓް ވީޑިއޯއެއް ނަގަނިކޮށް ޔޫކޭ އަންހެނަކު ކާރުން ބޭރަށް ވެއްޓިއްޖެއެވެ. ފުލުހުން ބުނާގޮތުގައި ހައިވޭގެ ލައިވް ލޭނެއްގެ މައްޗަށް ވެއްޓުނު މި އަންހެން މީހާއަށް ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވީ އޭނާގެ ނަސީބުންޏެވެ.

"ކާރުގައި ކުރީ ގޮނޑީގައި އިން މީހާ އޮތީ ކުޑަދޮރުން ބޭރަށް އެލިގެން ސްނެޕްޗެޓް ވީޑިއޯއެއް ކުރަން. އެހެން އޮއްވާ އޭނާ ވެއްޓުނީ ހައިވޭގެ ލައިވް ލޭނެއްގެ މައްޗަށް،" ސަރޭ ޕޮލިސްގެ ރޯޑްސް ޕޮލިސް ޔުނިޓުން ބުންޏެވެ.

"އެމްބިއުލާންސްގައި ގޮސް މި އަންހެން މީހާއަށް ކުއްލި ސިއްހީ ފަރުވާ ވަގުތުން ދިން. އޭނާގެ ޒަހަމްތަކަކީ ބޮޑެތި ޒަހަމްތަކެއް ނޫން، އަދި ފުރާނައަށް ނުރައްކާވާ ފަދަ ޒަހަމްތަކެއްވެސް ނޫން،" ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދިނެވެ.

މި ކާރުގެ ފޮޓޯއާއި އެކު ޓްވިޓަރގައި ފުލުހުން ޕޯސްޓް ކުރީ 'މިކަމާ ގުޅޭގޮތުން ބުނާނެ އެއްޗެއް ވެސް ނޭނގޭ' ކަމަށެވެ. އަދި "އެއީ އެ އަންހެން މީހާގެ ނަސީބު، ހައިވޭއަށް ވެއްޓުނު އިރު ބޮޑު އަނިޔާއެއް ނުވެ އަދި މަރުނުވެ ސަލާމަތްވިކަން."

މި މައްސަލައިގައި ފުލުހުން އެއްވެސް ބަޔަކު ހައްޔަރެއް ނުކުރެއެވެ. ނަމަވެސް އާންމުންގެ ރުޅިވެރިކަން މި އަންހެން މީހާއަށް އަމާޒުވިއެވެ.

"މީނާގެ ނަން ހާމަކޮށް، އެމެޖެންސީ ހިދުމަތްތަކަށް ފައިސާ ދައްކުވަން ޖެހޭނެ،" އެކަކު ޓްވީޓް ކުރިއެވެ.

"ގަބޫލެއްވެސް ނުކުރެވޭ އެއްވެސް މީހަކު ހައްޔަރު ނުކުރެޔޭ ބުނީމަ! ގައިމުވެސް ކޮންމެވެސް ކަމެއް ކުރަންޖެހޭނެ މި މައްސަލައިގަ. އެންމެ ކުޑަމިނުން އޭނާ ހައްޔަރުކޮށް ނޫނީ ފުލުހުންނާއި އިމަޖެންސީ ހިދުމަތްތަކުގެ ވަގުތު ބޭކާރު ކުރިކަމަށްޓަކައި ޖޫރިމަނާ ކުރެވެންޖެހޭ ނޫންތަ؟" އެހެން ޓްވީޓެއްގައި ވެއެވެ.

މި ޓްވީޓް ތަކަށް ޖަވާބުދެމުން ފުލުހުން ޓްވީޓްކުރި ގޮތުގައި މަޖަލަކަށް މީހުން ހައްޔަރު ކުރުމަކީ ކުރަންވާނެ ކަމެއް ނޫނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *