Support Us

ހަނގުރާމަ ހުއްޓުމުގެ ގޮތުން އިރާނުގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއް

ތިރީގައި އެ ވަނީ މެދުއިރުމަތީގައި މިހާރު އީރާނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމަ ވަގުތީ ގޮތުން ހުއްޓާލުމާ ބެހޭ ގޮތުން އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގެ ޚުލާސާ ތަރުޖަމާއެކެވެ.

އީރާނުގެ އިސްލާމީ ޖުމްހޫރިއްޔަތުގެ ފަރާތުން އަހުރެން، ސައްޔިދު އައްބާސް އަރާގަޗީ، އީރާނުގެ އިސްލާމީ ޖުމްހޫރިއްޔަތުގެ ޚާރިޖީ ވަޒީރު ބުނަމެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު އަހަރެންގެ ލޮބުވެތި އަޚް ޝަރީފު އަށާއި ފީލްޑް މާޝަލް މުނީރުއަށް، މި ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށްޓަކައި އެ ބޭފުޅުން ކުރެއްވި މިންނެއް މަސައްކަތްޕުޅަށް ޝުކުރުވެރިވަމެވެ.

ބޮޑުވަޒީރު ޝަރީފުގެ އުޚުވަތްތެރިކަމުގެ އެދުމަށް އިޖާބަ ދިނުމުގެ ގޮތުން، އަދި، އެމެރިކާއިން ހުށަހަޅައިފައިވާ 15 ނުކުތާގެ ހުށަހެޅުމާއި ހަނގުރާމަ ހުއްޓުމުގެ ވާހަކަތައް ދެއްކުމަށް އެދިފައިވާވުމުގެ މައްޗަށް ރިއާޔަތްކޮށް، އަދި، އެއާ ވިދިގެން، މިވާހަކަތައް ކުރިއަށް ގެންދިޔުމުގެ އޮނިގަނޑެއްގެ ގޮތުން އިރާނުން ހުށަހަޅާ 10 ނުކުތާގެ މައްޗަށް ވެސް ބިނާކޮށް، އީރާނުގެ އެންމެ މަތީ ގައުމީ ސަލާމަތީ މަޖުލިހުގެ ފަރާތުން އަހުރެން، (ޚާރިޖީ ވަޒީރު) މިހެން ބުނަމެވެ.

އީރާނާ ދެކޮޅަށް ދެވޭ ހަމަލާތައް ހުއްޓުމަކަށް ގެނެއްސި ނަމަ، އަހަރުމެންގެ ބާރުގަދަ އަސްކަރީ ބާރުތައް ވެސް އެ ބާރުތަކުގެ ދިފާއީ ހަމަލާތައް ހުއްޓާލުމަކަށް ގެންނާނެއެވެ.

އަދި، ދެ ހަފްތާގެ މުއްދަތަކަށް، އަހަރުމެންގެ އަސްކަރީ ބާރުތަކުގެ ބެލުމުގެ ދަށުން، އަމާންކަމާއެކު ބޯޓުފަހަރަށް ހުރުމުޒުގެ ކަނޑުއޮޅިން ދަތުރުކުރުން ހުޅުވާލެވޭނެއެވެ.

ދާއިމީ ސުލްހައެއް ގާއިމުކުރުމަށްޓަކައި އީރާނުން ހުށަހެޅި 10 ނުކުތާ

1. އީރާނަށް އެއްވެސް ހަމަލާއެއް ނުދޭނޭ ކަމުގެ ޔަގީންކަން ދިނުން.
2. ހަނގުރާމައަށް، ވަގުތީ ސިފައެއްގައި ހަނގުރާމަ ހުއްޓާލުމުގެ ބަދަލުގައި، ދާއިމީ ނިމުމެއް ގެނައުން.
3. ލުބުނާނަށް އިޒުރޭލުން ދޭ ހަމަލާތައް ހުއްޓާލުން
4. އީރާނަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ހުރިހާ ފިޔަވަޅުތައް އުވާލުން.
5. މެދުއިރުމަތީގައި އީރާނުގެ ހަލީފުންނާ ދެކޮޅަށް ދެވޭ ހަމަލާތައް ހުއްޓާލުން
6. ހުރުމުޒުގެ ކަނޑުއޮޅި އިރާނުން ހުޅުވާލުން
7. ހުރުމުޒުގެ ކަނޑުއޮޅިން ދަތުރުކުރާ ކޮންމެ އުޅަނދަކުން ދެ މިލިޔަން ޑޮލަރުގެ ފީއެއް އީރާނުން ނެގުން
8. މި ފީ އޮމާނާ އީރާނުން ހިއްސާކުރުން
9. ހުރުމުޒުގެ ކަނޑުއޮޅިން އަމާންކަމާއެކު ދަތުރުކުރެވޭނޭ ގޮތުގެ ގަވާއިދު ކަނޑައެޅުން
10. ހުރުމުޒުގެ ކަނޑުއޮޅިން ދަތުރުކުރުމުގެ ފީ، އިރާނުން ބޭނުންކުރާނީ ހަނގުރާމައިގެ ސަބަބުން އީރާނަށް ލިބުނު ގެއްލުން ފޫބައްދައި އީރާނު އަލުން ބިނާކުރުމުގެ ގޮތުން. އެއީ ހަނގުރާމައިގެ ބަދަލު ހޯދުމުގެ ބަދަލުގައި.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *