ކަމެއް ނެތި، އިމަޖެންސީ ހޮޓްލައިން 911 އަށް ގުޅާވަރުން މީހަކު ހައްޔަރުކޮށްފިއެވެ.
ކޯޓުގެ ލިޔެކިޔުންތައް ބުނާގޮތުގައި ހޫ ނިޔޫގެން ނަމަކަށް ކިޔާ މީހ،ާ ޖުލައި 15އިން ފެށިގެން 1171 ފަހަރު 911 އަށް ގުޅާފައިވެއެވެ. އަދި ޕޮލިސް ޑިޕާޓްމަންޓްގެ އެމަޖަންސީ ހޮޓްލައިނަށް 1 ސެޕްޓެމްބަރުގައި 241 ފަހަރު ގުޅާފައިވީއިރު، ސެޕްޓެމްބަރު 2 ގައި 32 ފަހަރު ގުޅައިފައިވެއެވެ.
ސެޕްޓެމްބަރު 2 ގައި އޭނާ ޕޮލިހަށް ގުޅައި، ފުލުހުން އެގްރޯލް ބޭނުންތޯ ސުވާލުކޮށްފައި ފޯނު ބޭއްވީ ކަމަށްވެސް ވެއެވެ. މިގޮތަށް ހޫ ފުލުހުންނަށް ގުޅަނީ ކީއްވެގެން ކަމެއް ނޭނގެއެވެ.
މެމްފިސްގެ ޝޮޕިންގް ސެންޓަރެއްގެ ތެރޭގައި ހުއްޓާ ފެނިގެން ފުލުހުން ވަނީ ހޫ ނިޔޫގެން ހައްޔަރުކޮށްފައެވެ.