Support Us

ސްރީލަންކާގެ ކާއްޓާ ބެހޭ މިނިސްޓަރު ރުކެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވައިފި

ސްރީލަންކާގެ ކާއްޓާ ބެހޭ ސްޓޭޓް މިނިސްޓަރަކު ރުކެއްގައި ނޫސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ކޮކޮނަޓް، ފިޝްޓެއިލް ޕާމް، ޕަލްމީރާ އަދި ރަބަރ ޕްރޮޑަކްޓް ޕްރޮމޯޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަރުންދިކާ ފެނާންޑޯ އިއްޔެ ވަނީ ރުކުން ބައެއް ކާށި ވެސް އަޅުއްވައިފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކާށީގެ އަގު މުޅި ދުނިޔޭގައި ވެސް ވަނީ ބޮޑުވެފައެވެ. އަދި ރުއް އަރާ މީހުންނަށް ކޮންމެ ރުކަކަށް 100 ރުޕީސްގެ މަގުން އުޖޫރަ ދިނުމަކީވެސް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

މި ދާއިރާގައި މަސައްކަތް ކުރާނެ މުވައްޒަފުން ހޯދުމަށް ދަތިވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދުނިޔޭގެ މާކެޓުގައި ކާށީގެ އަގު އުފުލިފައިވީ ނަމަވެސް އެހެން ގައުމުތަކަށް ކާށި ބޭރު ނުކުރާނެ ކަމަށް މިނިސްޓަރު ވައުދުވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ވަރަކަޕޯލާ އަށް ނިސްބަތްވާ މީހަކު އުފެއްދި ރުއް އަރާ މެޝިނެއްވެސް މިނިސްޓަރު ޓެސްޓް ކުރެއްވިއެވެ. މި މެޝިނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ މި މެޝިން އާންމުންނާ ހަމައަށް ނެރުމަށްޓަކައި ކުރަންޖެހޭ ކަންތައް ކުރިއަށް އޮތް މަސްތަކުގައި ކުރައްވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *