Support Us

ކޮވިޑަށްފަހު ބެލޖިއަމްގެ ޑިނަރ އިން ދަ ސްކައި އަނެއްކާވެސް ހުޅުވައިފި

ބެލްޖިއަމް އަށް ދާ ފަތުރުވެރިންނާއި އެރަށުގެ އާންމުންގެ މެދުގައި ވެސް ބޮޑު ތަރުހީބެއް ލިބިފައިވާ ޑިނަރ-އިން-ދަ-ސްކައި ކޮވިޑް-19ގެ ސަބަބުން މެދުކަނޑާލުމަށްފަހު އަނެއްކާވެސް ފަށައިފިއެވެ.

މިތާނގައި ބިމުން ފެށިގެން 164 ފޫޓު މަތީގައި ތިބެގެން ކެއުމުގެ ފުރުސަތު ލިބިގެންދެއެވެ. ނަމަވެސް އަލަށް މި ފެށުނު ހިދުމަތުގައި ކުރިއާ ތަފާތެއް އެބަހުއްޓެވެ. އެއީ ދެ ގްރޫޕް ދެމެދުގައި ދެ ފޫޓުގެ ދުރުމިން ހުރުމެވެ.

ބެލްޖިއަމް އިން ޖައްވުގައި ކެއުން 2006 ގައި ތައާރަފް ކުރުމާއި ގުޅިގެން އިތުރު 60 ގައުމަކުންވެސް، އެ ގައުމުތަކުގައި މި ހިދުމަތާ ތައާރަފްކޮށްފައިވެއެވެ.

މިތާނގައި ކަސްޓަމަރުން ތިބެނީ ގޮނޑީގައި ބެލްޓް އަޅުވާ ސަލާމަތީ ފިޔަވަޅުތައް އަޅައިގެންނެވެ. އަދި މޭޒު ހުންނަނީ ކެރޭނެއްގެ އެހީގައި މައްޗަށް ނަގައިފައެވެ. އަދި ކައްކާއިންނާއި އިތުރު މުވައްޒަފުން ހުރިހާ މޭޒެއްގެ މެދުގައި މަސައްކަތް ކުރަމުން ގެންދާތަން ފެނިގެން ދާނެއެވެ.

ކުރީގައި މި 'ޖައްވު ރެސްޓޯރަންޓް’ގައި 22 މީހުންނަށް ކައިރި ކައިރީގައި ތިބެގެން ކެވޭގޮތަށް ހަމަޖައްސާފައިވެއެވެ. ނަމަވެސް ކޮވިޑް-19ގެ ފަހުން މޭޒުތައް ހަތަރު މޭޒުން ވަކިކޮށް، އެ ދެމެދުގައި ދެ ފޫޓުގެ ދުރުމިން ހުރެއެވެ. އަދި މޭޒުތަކުގެ އަދަދު 32 އަށް ވެސް އިތުރުކުރިއެވެ.

ޑިނަރ-އިން-ދަ-ސްކައި އިން މެންދުރުގެ ކައުމާއި ރޭގަނޑުގެ ކެއުމުގެ ހިދުމަތް ފޯރުކޮށްދެއެވެ. މި ރެސްޓޯރަންޓްގައި ކޮންމެ މީހަކަށް ދައްކަންޖެހެނީ 350 ޑޮލަރެވެ. އަދި ހަމައެކަނި ބުއިމަކަށް ދާނަމަ ކޮންމެ މީހަކު 177 ޑޮލަރު ދައްކަންޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *