Support Us

181 އަހަރު ކުރިން މަރުވެފައިވާ މޭޔަރެއްގެ ހިތް ފެންއަރުވާ ވަޑާމެއްގެ ދަށުން ފެނިއްޖެ

އަހަރުތަކެއް ވަންދެން ފުލޯކު ވާހަކައެއްގެ ގޮތަށް މީހުން ގަބޫލުކުރަމުން އައި ވާހަކައެއް ބެލްޖިއަމް ސިޓީގައި މިވަނީ ތެދަކަށް ބަދަލުވެފައެވެ. މިކަން އެނގުނީ ބެލްޖިއަމްގެ ސިޓީއެއް ކަމަށްވާ ވަރވިއަރގެ ކުރީގެ މޭޔަރުގެ ހިތް، އޭނާ މަރުވިތާ 181 އަހަރު ފަހުން، ފެންއަރުވާ ވަޑާމެއްގެ ދަށުން ފެނުމުންނެވެ.

ކުރީގެ މޭޔަރު ކަމަށްވާ ޕިއެރ ޑޭވިޑްގެ ހިތް ފެނުނީ ކުޑަ ދަގަނޑު ފޮއްޓެއްގެ ތެރޭގައި އޮތް ފުޅިއެއްގެ ތެރެއިންނެވެ. މި ފުޅީގައި ހިތް ބާއްވާފައި ވަނީ އެތަނޯލްގެ ތެރޭގައެވެ. މީތި ފެނިފައިވަނީ މިދިޔަ މަހު ވަރވިއަރގައި ހުންނަ ވަރަށް ކުރީގެ ފެންއަރުވާ ވަޑާމެއްގެ މަރާމާތުގެ މަސައްކަތް ކުރުމުގެ ތެރޭގައި އޭގެ އަޑި ކޮންނަނިކޮށެވެ.

"މި ހިތުގެ ވާހަކަ ކުރީގެ ޑޮކިއުމަންޓް ތަކުގައި އޮވޭ ބުނެފައި. އެކަމަކު އެކަކު ވެސް އެޔެއް ގަބޫލެއް ނުކުރޭ. އެކަމަކު މިއަދު އެއީ ފުލޯކު ވާހަކައެއް ނޫންކަން އެނގިއްޖެ. އެއީ ހަގީގަތެއް،" އެ ސިޓީގެ ކައުންސިލަރު ކަމަށްވާ މެކްސީމް ޑެގޭ ރޮއިޓަރސްއަށް މައުލޫމާތު ދެމުން ބުންޏެވެ.

ބެލްޖިއަމް އަށް މިނިވަންކަން ލިބުމަށްފަހު އެ ސިޓީގެ ފުރަތަމަ މޭޔަރަކަށް ހޮވާފައިވަނީ ޑޭވިޑް އެވެ. އޭނާ އިމާރާތަކުން ވެއްޓި 1839 ގައި މަރުވިއިރުވެސް އޭނާ ހުރީ މޭޔަރުކަމުގެ މަގާމުގައެވެ.

ޑޭވިޑް މަރުވުމާ ގުޅިގެން އޭނާގެ ހަނދާނުގައި އޭރުގެ ސަރުކާރުން 1883ގައި ފެންއަރުވާ ވަޑާމެއް ހަދާފައިވެއެވެ. އަދި އާއިލާގެ ހުއްދައާއި އެކު އޭނާގެ ހިތް އެތާނގެ ދަށުގައި ވަޅުލީއެވެ.

މިހާރު އެ ދަގަނޑު ފޮށި ބަހައްޓާފައި ހުރީ ވަރވެއަރސް މިއުޒިއަމް އޮފް ފައިން އާރޓްސް އެންޑް ސެރަމިކްސްގައި މީހުންނަށް ފެންނަހެންނެވެ. އަދި މިފެންއަރުވާ ވަޑާމުގެ މަރާމާތުގެ މަސައްކަތް ނިމުމާއެކު އެ ފޮށި އޮތް ތަނަށް އަނބުރާ ރައްދުކުރެވޭނެއެވެ.

ޑޭވިޑް އަކީ އެ ސިޓީގައި އަލަށް ފަޔަރ ބްރިގޭޑެއް އުފައްދާ، އާ ސިޔާސަތުތަކެއް އުފައްދާ، އާންމުންނަށް ސިޓީ ކައުންސިލުގެ ބަހުސްތައް ހާމަކުރި ފުރަތަމަ މޭޔަރެވެ. އަދި މީހެއްގެ ހިތް ޕްރިޒާވްކޮށް ވަޅުލާފައިވާ ފުރަތަމަ މޭޔަރުވެސްމެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *