Support Us

ވީނަސްގެ ވިލާތަކުގެ ތެރޭގައި ދިރުން ހުރިކަމުގެ ނިޝާން ފެނިއްޖެ: ސައިންސްވެރިން

ސައިންސްވެރިންނަށް ވީނަސްގެ ވިލާތަކުގެ ތެރެއިން އާ މޮލެކިއުލްއެއް ފެނިއްޖެއެވެ. ވީނަސްގެ ޖައްވުގައި އޮކްސިޖަން ނެތް ނަމަވެސް މި މައިކްރޯބްތަކުގެ ދިރުން ހުރި ކަމަށް ލަފާކުރެވެނީ މި ފޮސްފަރަސް މޮލެކިއުލް ފެނުމުންނެވެ.

ވީނަސްގެ ބިމަކީ ދިރޭ އެއްޗެހި ދިރިއުޅުމަށް އެކަށޭނަ ތަނަކަށް ނުވަނީ އެތާނގެ ހޫނުމިނުގައި 867 ފަރެންހައިޓް ހުރެއެވެ. ނަމަވެސް އެ ޕްލެނެޓްގެ ޖައްވުގެ ފިނިހޫނުމިން ހުންނަނީ މެދުމިނެއްގައި ކަމުން ޖައްވުގައި ދިރުން ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

ކާޑިފް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޖޭން ގްރީވްސް ވަނީ ވީނަސްގެ ޖައްވުން ފޮސްފަރަސްގެ މޮލެކިއުލް ފެނިފައިވާ ކަމަށް އިއުލާންކޮށްފައެވެ. ފޮސްފަރަސް އަކީ ދުނިޔޭގައިވެސް އޮކްސިޖަން ނުހުންނަ ތަންތަނުގައި ދިރިއުޅޭ މައިކްރޯބްސް ދޫކުރާ މޮލެކިއުލްއެކެވެ.

ހައިޑްރޮޖަން އަދި ފޮސްފަރަސް އެޓޮމްތަކުން އުފެދިފައިވާ ފޮސްފީން މޮލެކިއުލްސް ފުރަތަމަ ފެނުނީ ޖޭމްސް ކްލާރކް މެކްސްވެލް ޓެލެސްކޯޕަށެވެ. ޖޭ.ސީ.އެމް.ޓީ ހުންނަނީ ހަވާއީގައި ހުންނަ މޯނާކިއާ ސަމިޓުގައެވެ.

"މި ދިރާސާ ކުރީ އަސްލު ގަސްދުގައެއް ނޫން. ހަމަ ކިއުރިއަސްވެގެން. ޖޭ.ސީ.އެމް.ޓީގެ ވަރުގަދަ ޓެކްނޮލޮޖީގެ ބޭނުންކޮށްލާ ހިތުން. ދިރާސާ ކުރިއިރު ހީކުރީ ޔަގީނުންވެސް ދިރޭ އެއްޗެއް ނެތް ކަމަށް ހެކި ލިބޭނެ ކަމަށް. އެކަމަކު ޖައްވުން ފޮސްފަރަސް މޮލެކިއުލް ފެނުނީމަ ވަރަށް ހައިރާންވި،" ޕްރޮފެސަރ ޖޭން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *