Support Us

ނިއު ޔޯކްގައި ޓީ ރެކްސްގެ ކަށިތަކެއް ނީލަން ކިޔަނީ

ޑައިނަސޯގެ ވައްތަރެއް ކަމަށްވާ ޓައިރެނޮސޯރަސް ރެކްސްއެއްގެ ކަށިތައް ނިއު ޔޯކްގައި ނީލަން ކިޔުމަށް ހަމަޖެހިއްޖެއެވެ. މިއީ ދުނިޔޭގައި އެންމެ ގިނަ ކަށިތައް ހޯދިފައިވާ އެންމެ 'ފުރިހަމަ' ޓީ ރެކްސް އެވެ. ލަފާކުރެވޭ ގޮތުގައި މި ކަށިތައް 6 މިލިއަން ޑޮލަރާއި 8 މިލިއަން ޑޮލަރާ ދެމެދުގެ އަގަކަށް ވިކޭނެއެވެ.

އޮކްޝަން ހައުސް ކްރިސްޓީސަ އިން މި ޓީރެކްސް އަށް ދީފައިވާ ނަމަކީ ސްޓޭން އެވެ. އެއީ 1987ގައި މި ކަށިތައް ހޯދި ސްޓެން ސެކްރިސްންގެ ޝަރަފުގައެވެ.

އެ އޮކްޝަން ހައުސްގެ 20 ވަނަ ސެންޗަރީ އީވްނީންގް ސޭލްގައި މި ކަށިތައް ނީލަން ކިޔުމަށް ހަމަޖެހިފައި އޮތީ އޮކްޓޫބަރ މަހުގެ 6 ގައެވެ.

ސްޓޭންގެ އުސްމިނުގައި 13 ފޫޓު ހުރިއިރު، ދިގުމިނުގައި 40 ފޫޓު ހުރެއެވެ. މުޅި ޖުމްލަ 188 ކަށި ހުރި މި ޑައިނަސޯ އަކީ އެންމެ ގިނަ ކަށި އެއްފަހަރާ ފެނިފައިވާ ޓީ ރެކްސް އެވެ.

ސައުތް ޑަކޯޓާގައި ހުންނަ ބްލެކް ހިލްސް އިންސްޓިޓިއުޓް އޮފް ޖިއޮލޮޖިކަލް ރިސާޗްގައި ދެގަރުނު ވަންދެން ސްޓޭން ދިރާސާ ކޮށްފައިވެއެވެ. މި ދިރާސާތަކުން ދެއްކި ގޮތުގައި މި ޑައިނަސޯގެ ހަޔާތުގައި އޭގެ ކަރަށް ބޮޑު އަނިޔާއެއް ލިބިފައިވާ ކަމަށް ދައްކައެވެ. އަދި މިކަމުގެ ސަބަބުން ދެ ކަށިގަނޑު ގުޅިފައިވާ ކަމަށް ވެއެވެ. މީގެ އިތުރުން އޭގެ ބޮލުގެ ނާށިގަނޑަށާއި މޭ ކަށިގަނޑަށް އަނިޔާ ލިބިފައިވެއެވެ. މި އަނިޔާ ލިބިފައިވަނީ އެހެން ޑައިނަސޯ އަކާ ތަޅާފޮޅުމުގެ ތެރޭގައި ކަމަށް އެ އިންސްޓިޓިއުޓް އިން ލަފާކުރެއެވެ.

ސްޓޭން މިހާރު ހުރީ ކްރިސްޓީސް ރޮކަރފެލަރ ސެންޓަރގައި ދައްކާލުމަށް ބަހައްޓާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *