Support Us

ފޯނު ގެއްލިފައި ފެނުނުއިރު އޭގައި ހުރީ ރާމާމަކުނުގެ ސެލްފީތަކެއް

މެލޭޝިޔާގައި ކިޔަވަމުންދާ ދަރިވަރެއްގެ ފޯނު ގެއްލުމަށްފަހު ފެނުނުއިރު އޭގައި ހުރި ރާމާމަކުނެއްގެ ސެލްފީތަކެކެވެ. ބާތޫ ޕަހަތް އަށް ނިސްބަތްވާ އުމުރުން 20 އަހަރުގެ ޒެކްރީޒް ރޮޑްޒީ ހުކުރު ދުވަހުގެ ރޭ ނިދަން އޮށޯތީ ފޯނު ކައިރީގައި ބާއްވައިފައެވެ. ނަމަވެސް ހޮނިހިރު ދުވަހު ހޭލިއިރު ފޯނު ފެންނާކަށް ނެތެވެ.

"ވައްކަމެއްގެ ނިޝާނެއް ނެތް ހޭލެވުނު އިރަކު. އަހަރެންނަށް ފުރަތަމަ ވެސް ވިސްނުނީ މީ ކޮންމެވެސް ކަހަލަ ސިހުރެކޭ،" ކޮމްޕިއުޓަރ ސައިންސް ކިޔަވަމުންދާ ޒެކްރީޒް ބުންޏެވެ.

ފޯނު ޓްރެކް ކޮށްގެން ބެލިއިރު ފޯނު އޮތް ކަމަށް ދެއްކީ އޭނާ ދިރިއުޅޭ ގޭގެ ފަހަތުގައި އޮންނަ ޖަންގައްޔެއްގައެވެ. އޭނާ ބުނިގޮތުން އޭނާގެ ބައްޕަ އެ ފޯނަށް ގުޅަމުން ދަނިކޮށް ރިންގްވާ އަޑު އިވިގެން ބެލިއިރު އޮތީ ޖަންގަލީގެ ތެރޭގައި ހުރި ރުކެއްގެ ބުޑުގައެވެ.

ފޯނު ނެގި މީހާގެ ފޮޓޯ ފޯނުގައި ހުރެދާނޭ ކަމަށް ޒެކްރީޒްގެ ބޮޑު ބޭބެ މަޖަލަކަށް ބުނުމުން ފޯނުގެ ގެލެރީ ބެލިއިރު، އޭގައި ހުރީ ރާމާމަކުނުތަކެއްގެ ސެލްފީތަކަކާއި ވީޑިއޯތަކެކެވެ. އެއް ވީޑިއޯގައި ރާމާމަކުނު ފޯނު ކާލަން މަސައްކަތް ކުރާ ތަންވެސް ފެނެއެވެ.


އޭނާގެ އާއިލާއާއި ރައްޓެހިންނަށް މި ފޮޓޯތައް ދެއްކުމަށްފަހު ޓްވިޓަރގައިވެސް އޭނާ އެ ފޮޓޯތައް ޕޯސްޓްކުރިއެވެ. ޖުމްލަ 2.5 ލައްކައަށް ވުރެ ގިނަ މީހުންގެ ސަމާލުކަން އެ ޕޯސްޓަށް ލިބުނެވެ.

ހީވާ ގޮތުގައި ކުޑަދޮރު ހުޅުވާފައި ހުރި ގަޑިއެއްގައި ރާމާމަކުނު ގެއަށް ވަދެ، ފޯނު ހިފައިން ގޮސް އުޅެނިކޮށް ޖަންގަލި ތެރެއަށް ވެއްޓުނީ ކަމަށް ޒެކްރީޒް ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *