ބްރެޒިލްގައި ހައިވާނު ބަގީޗާއެއްގެ ސިންގާ ކޮށްޓަށް ފުންމައިލި 19 އަހަރުގެ ޒުވާނަކަށް ހަމަލާދީ މަރައިލައިފިއެވެ.
ގާސަން ޑެ މެލޯ މަޗާޑޯ އާދީއްތަ ދުވަހު ކުރި ކަމަކީ 20 ފޫޓު އުސް ފާރަކަށް އަރައި، ބިކާ ނަމަކަށް ކިޔާ ޒުލުގައި ހުރި ގަހަކުން ސިންގާ ކޮށްޓަށް ފުންމައިލީއެވެ.
ގާސަންއަކީ ނަފުސާނީ މައްސަލަ ހުންނަ ޒުވާނެއް ކަމަށް ޒުލުގެ އޮފިޝަލުން ބުންޏެވެ.
"އަދި އޭނާގެ ހުވަފެނަކީ ސިންގާ އޮޅުކުރުން،" އޮފިޝަލަކު ބުންޏެވެ.
ގާސަންއަށް ހަމަލާ ދިނީ އަންހެން ސިންގާއެކެވެ. އެ ސިންގާއަށް ޒުލުން ދީފައިވާ ނަމަކީ ލިއޯނާއެވެ.
ހައިވާނު ބަގީޗާއިން ބުނީ ލިއޯނާ މިހާތަނަށް ހަމަލާއެއް ދީފައިވަނީ މި ހާދިސާގައި އެކަނި ކަމަށެވެ.
"އެހެންވީމާ ވިހަ އިންޖެކްޝަން ޖަހައިގެން ލިއޯނާ މަރައެއްނުލައިނަން،" އެ ތަނުގެ އޮފިޝަލަކު ބުންޏެވެ.
ގާސަން މަރައިލި ހާދިސާ ތަހުގީގު ކުރަން ޒޫ ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.



advertisment