Support Us

ކެންޓީނުން ސޭންޑްވިޗްތަކެއް ވަގަށް ނެގި އިންޑިއާގެ މިލިއަނަރަކު ސަސްޕެންޑްކޮށްފި

ލަންޑަނުގައި ބޭންކު ހިންގާ މީހެއް އޮފީސް ކެންޓީނުން ސޭންޑްވިޗްތަކެއް ވަގަށް ނެގި މައްސަލައިގައި ސަސްޕެންޑްކޮށްފިއެވެ.

ޕަރަސް ޝާހް އަކީ އިންޑިއާއަށް ނިސްބަތްވާ ހައި ޕްރޮފައިލް ބޭންކަރެކެވެ. އޭނާ ސަސްޕެންޑްކުރީ ލަންޑަނުގެ ކެނެރީ ވާފްގައި ހުންނަ ސިޓީބޭންކްގެ ޔޫރަޕިއަން ހެޑްކުއާރޓާރސްގެ ކެންޓީނުން ކާއެއްޗެހި ވަގަށް ނެގިކަމުގެ ތުހުމަތުގައެވެ.

އިންޑިއާ ރުޕީސް އިން ބަލާއިރު ޝާހަށް އަހަރެއްގެ މައްޗަށް 9.2 ކްރޯރު ރުޕީސް ލިބެއެވެ. ފައިނޭންޝަލް ޓައިމްސް އިން މައުލޫމާތު ދޭ ގޮތުގައި މި ތުހުމަތާއެކު ޝާހު ވަނީ ކުއްލިޔަކަށް ސިޓީގެ ހައި ޔީލްޑް ބޮންޑް ޓްރޭޑިންގ ފޮރ ޔޫރަޕް، މިޑްލް އީސްޓް އެންޑް އެފްރިކާގައި އޭނާ މަސައްކަތް ކުރަމުންދިޔަ މަގާމު ދޫކޮށްލާފައެވެ.

އަހަރެއްގެ މައްޗަށް 1 މިލިއަން ޔޫރޯ ލިބެމުންދިޔަ ޝާހަކީ މިލިއަނަރެކެވެ. އެޗް.އެސް.ބީ.ސީ ގައި 7 އަހަރު މަސައްކަތް ކުރުމަށްފަހު، ސިޓީގްރޫޕްގެ ވަޒީފާ އަދާކުރަން ފަށާފައިވަނީ 2017ގައެވެ. ނަމަވެސް އޭނާ އަށް ކާތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތު ކުރެވުމުން މަގާމް ދޫކޮށްލުމަށްފަހު އޭނާގެ ލިންކެޑްއިން އެކައުންޓްވެސް ޑިލީޓް ކޮށްލާފައިވެއެވެ.

ޝާހު ސަސްޕެންޑް ކޮށްފައިވަނީ އޭނާގެ ކޮމްޕެނީން، އެ ކޮމްޕެނީގެ އިސް މުވައްޒަފުންނަށް އަހަރީ ބޯނަސް ދޭން ތައްޔާރުވެފައި ވަނިކޮށް ކަމަށް އޭ.އެފް.ޕީން ރިޕޯޓްކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *