މިއަދަކީ، ނުވަތަ ނޮވެމްބަރު 21 ވި ހުކުރު ދުވަހަކީ ޖުމާދުލް އާޚިރު މަހުގެ ފުރަތަމަ ދުވަސްކަމުގައި ބެލުމުގެ ފުރުޞަތު ރާއްޖެއަށް ތަނަވަސްވެފައިވާ ދުވަހެކެވެ. ސަބަބަކީ، ފަލަކީ ނަޒަރުން އެކަން އޮތްގޮތުގެ މައްޗަށް ބަލާއިރު އިއްޔެ މާލޭ ގަޑިން ހެނދުނު 11:45 ގައި ޢަޤްރަބު ބުރުޖު (ނުވަތަ ސްކޯޕިއޯ ސައިން)ގެ "ނޮރަ" ނަކަތުގައި އިރާއި ހަނދު އެއްއުއިވެފައިވުމާއި އައްޑޫ ހިތަދޫއަށް އިރު އޮއްސިފައިވަނީ އެއްއުއިވުމުގެ ހަ ގަޑިއިރާއި 13 މިނިޓްގެ ފަހުން ކަމަށް ވެފައިިވުމާއި އިއްޔެ އައްޑޫ ހިތަދުއަށް ހަނދު އޮއްސިފައިވަނީ އިރު އޮއްސި 6.01 ގައި ކަމަށްވެފައި ހިތަދޫއަށް އިރު އޮއްސިފައިވަނީ 5.58 ގައި މަށްވުމުން އިއްޔެ އައްޑޫ ހިތަދޫއަށް އިރަށް ވުރެން އޮއްސުމުގައި ހަނދު ތިން މިނެޓް ފަސްވެ، ފެންމަތިވެފައިވުމެވެ.
ނަމަވެސް ރާއްޖޭގެ ކަލަންޑަރުތަކުގައި އޮތީ، ޖުމާދުލް އާޚިރު މަހުގެ ފުރަތަމަ ދުވަސްހަކީ މާދަމާ، ނޮވެމްބަރު މަހުގެ 22 ވާ ހޮނިހިރު ދުވަސް ކަމުގައެވެ. އެހެނަސް، މިއަދަކީ ޖުމާދުލް އާޚިރު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ބެލުމުގެ ފުރުޞަތު ރާއްޖެއަށް ތަނަވަސްވެފައިވެއެވެ. އަދި މި މަހުގެ އާ ހަނދަކީ، އެންމެ ސައިޒުން ކުޑަ ހަނދެކެވެ. ނުވަތަ މައިކްރޯ ނިއު މޫނެކެވެ.

One Response
އޮޅުމެއް އެބަ އަރާ. އިސްލާމިކް މިނިސްޓްރީން ނެރުއްވި 2025ވަނަ އަހަރުގެ ކަލަންޑަރުގައި އޮންނަނީ ނޮވެންބަރު 21 އެއީ ޖުމާދަލްއާޚިރާ މަހުން 1 ކަމަށް. މިރާއްޖޭގައި މިހާރު އަނެއްކާ ހިޖްރީ މަހުގެ 1ވަނަ ދުވަސްތައް އެކި ތަނުން ނެރޭ ކަލަންޑަރުގައި އެކި ގޮތަށް ޖަހަން ފެށީތޯ؟ ރައީސް މައުމޫން ދައުރުން ފެށިގެން ނުލާހިކު ރަނގަޅަށް ހިނގަހިނގާ ހުރި ކަމެއް މިހާރު އޮޅުންބޮޅުންވެއްޖެކަމަށްވަންޏާ ވަރަށް ދެރަ.